ފަލަސްތީނާއި އެކުގައި ތިބިކަން ދިވެހިން ހިތާއި ރޫހުން ދައްކާލައިފި

ފަލަސްތީނާއި އެކުގައި ތިބިކަން ދިވެހިން ހިތާއި ރޫހުން ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 06:47
0

އިސްޒޭއިލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ މުސްލިމު އަހުންނާއި އހުތުންނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅުކަން ހާމަކޮށް ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކޮށްދީފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4 ގެ ފަހުން ބޭރަށް ނިކުތުން މަނާ ކުރުމާއި ގުޅިގެން މާލޭގެ ގޭގޭގެ ބެލްކަނިތަކުގައާއި، ގޭގޭގެ ދޮރުކުރިމަތީގައިވަނީ ފަލަސްތީނުގެ ދިދަޔާއި، ބެނާތަކާއިއެކު ޝުއޫރުތަކުން ފުރާލާލާފައެވެ. ޒުވާނުން އިސްނަގައިގެން ފެށި މިހަރަލާތުގައި މުޅި ރާއްޖޭގެ ރައްޔިތުން ވަނީ ފުރިހަމައަށް ބައިވެރިގެ ދިވެހިންތެ ހިތުގެ ލޯތްބާއި ކުލުނު ހުރީ ފަލަސްތީނާއިއެކުގައިކަން ހާމަކޮށްދީފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަން ދެއްކުމަށް، އެގައުމުގެ ދިދަ ބަންޑާރަ ކޮށީގައި ހުރި ބޮޑު ސްކްރީނުގައިވެސް މިއަދު ވަނީ އަޅުވާފައެވެ.

މީގެ އިތުރުން މާލޭގެ އިސް އިމާރާތްތަކުގައުވެސް ފަލަސްތީނުގެ ބޮޑު ދިދަ ވަނީ ހަރުކޮށްފައެވެ. ދިވެހިންގެ ޝުޢޫރުތައް ފަލަސްތީނާއިއެކުގައި ތިބިކަން މުޅި މާލޭގެ ބެލްކަނިތަކުގެ އިތުރުން މުޅި ސޯޝަލް މީޑިޔާގައިވެސް ފަލަސްތީނާއި ދެކޮޅަށް ކުރާ ކެމްޕެއިންގައި ޝުއޫރުތަކުން ފުރާލާފައެވެ.

މިއަދުގެ ހަރަކާތަށް ތާއީދުގެ ރައީސް ޞާލިހުއާއި ރައީސް މައުމޫންވެސް ވަނީ ފަލަސްތީނާއިއެކުގައި ތިއްބެވިކަން ހާމަކޮށްދެވައި ހަރަކާތަށް ހިތްވަރު ދެއްވާފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުންވެސް ވަނީ ގޮވާލާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ނައިބްރައީސް ފައިސަލް ނަސީމާއި، އަދި ބައެއް މިނިސްޓަރުން ވަނީ ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރައްވާ ޓްވީޓް ކުރައްވާފައެެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކުގައި، މިހާތަނަށް ފަލަސްތީނުގެ 192 މީހަކު ވަނީ ޝަހީދު ވެފައެވެ. މީގެ ތެރޭގައި 58 ކުޑަކުދިންވެސް ހިމެނެއެވެ. އަދި 1200 މީހުންނަށްވަނީ އަނިޔާވެފައެވެ. އަދި މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުންވަނީ، ބަޑިޖަހާ ފަލަސްތީނުތެ 13 މީހަކު ޝަހީދު ކޮށްލާފައެވެ.

އިސްރޢީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ އެހެނިހެން ޖަމާއަތްތަކުން އިސްރާއީލަށް ދީފައިވާ އެތައް ހާސް ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލުގެ 10 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

އިސްރާރީއާލާ ފަލަސްތީނާއި ދެމެދު ހަމަނުޖެހުން އިތުރުވެގެން ގޮސްފައިވާއިރު، އިސްރާއީލުގެ ސިޓީތަކުގައިވެސް ދަނީ އިސްރާއީލުގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަމަނުޖެހުންތައް ހިގަމުންނެވެ.

އިސްރާއީލާއެކީ ފާއިތުވެދިޔަ އަހަރު ގުޅުން ބަދަހިކުރި ގައުމުތައް ކަމުގައިވާ ސޫދާން، މޮރޮކޯ، ޔުނައިޓެޑް އަރަބް އެމިރޭޓް އަދި ބަހުރެއިންއިން އިސްރާއީލާއެކީ ގުޅުން ބަދަހި ކޮށްފައިވަނީ، މި އެއްބަސްވުންތަކުގެ ނަތިޖާއެއްގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތްތަކެއް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އިސްރާއީލުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، މިގައުމުތަކުން އިސްރާއިލާއެކީ ވެފައިވާ މި އެއްބަސްވުންތައް ވެގެން ގޮސްފައިވަނީ، މި ގައުމުތަކުން ލަދުވެތިވާން ޖެހިފައިވާ މަސައްކަތަކަށް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.