މަޖިލީހަށް އޮތް ނުރައްކާ ބޮޑުކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފި

މަޖިލީހަށް އޮތް ނުރައްކާ ބޮޑުކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފި

Author
މުޙައްމަދު ޖިމީ
18 މެއި 2021 01:50
0

މަޖިލީހަށް އޮތް ނުރައްކާ ބޮޑުކަމަށް ލިބުނު މަޢުލޫމާތާއ ގުޅިގެން، މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މަޖިލީހަށް ނުރައްކަލެއް އޮތްކަމަށް ރޭ ލިބުނު މަޢުލޫމާތާއި ގުޅިގެން މަޖިލިސް ޢިމާރާތާ އަދި ޢިމާރާތް ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކުރެވިފައިވާކަމަށެވެ. އަދި މިވަގުތުގެ ހާލަތަށްބަލައި ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުންކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއރު، މަޖިލިސް ގޮއްވާލާނެކަމަށް ބުނެ ދިން އިންޒާރެއްގެ މައްސަލަ ފުލުހުންދަނީ ބަލަމުންނެވެ.

މަޖިލިސް ގޮއްވާލާނެކަމުގެ އިންޒާރު ދެމުން އަންނައިރު، އެފަދަ މީހުންގެ މައްސަލަތައް ބެލުން އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްއަށް އަމާޒުކޮށްވެސް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. މިހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވެފައިވަނީ ކިރިޔާއެވެ.

ޓެރަރިޒަމަށް ހިއްވަރުލިބޭގޮތަށް އަދި ލޭ އޮހޮރުވުމަށް ގޮވާލުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނެއް އެކުލަވާލުމަށްޓަކައި ބިލެއް މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.