މިއީ ބަހުގެ ހަމަލާދިނުން ހުއްޓާލައި، ޤައުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންވީ ވަގުތު: މައުމޫން

މިއީ ބަހުގެ ހަމަލާދިނުން ހުއްޓާލައި، ޤައުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންވީ ވަގުތު: މައުމޫން

Author
މުޙައްމަދު ޖިމީ
18 މެއި 2021 01:14
0

މިއީ އެެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދިނުންހުއްޓާލައި، އެންމެން ޤައުމަށްޓަކައި އެއްގަލަކަށް އަރަންވީ ވަގުތުކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، މިމަހުގެ 6ވަނަ ދުވަހު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، ހަރުދަނާ ފިޔަވަޅުތައް ނޭޅިހުރިކަމާއި، ކުރީގައި ހިނގާފައިވާ މިފަދަ ހާދިސާތަކާއިވެސް ގުޅުވައި މަޖިލީހުގެ ޖަލްސާގައާއި، އެނޫންވެސް ގޮތްގޮތުން އެއްބަޔަކު އަނެއްބަޔަކަށް ތަފާތު ވާހަކަތައް ދެކެވެމުން އަންނަނ ވަގުތެއްގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު އެމްއެންޑީއެފަށް ކުރިން ދީފައިވާކަމަށް ބުނެ އެމްޑީޕީއާއި އަދި ސަރުކާރާއ އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ޑިފެންސް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދެވެމުން އަންނަ އައުމަށް އިޝާރާތްކުރައްވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިވަގުތު މިވަނީ ކޯވިޑްގެ ޙާލަތުވަރަށް ގޯސްވެފައިކަމަށެވެ. ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، މިއީ އެެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދިނުންހުއްޓާލާފައި އެންމެން ޤައުމަށްޓަކައި އެއްގަލަކަށް އަރަންވީ ވަގުތުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިޥާއިރު، ރާއްޖޭގައި ވަނީ ކޯވިޑްގެ ހާލަތު ވަރަށް ނުރައްކާވެފައެވެ. އެގޮތުން ބައްޔަށް ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ހާހަކަށްވުރެ މައްޗަށް އަރާއިރު، ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހީީހީ
އަހަރެން ކައިރިޔައް އަންނަނީ ހިނި، މި ގައުމު ސުންނާފަތި ކުރަން ހިއްވަރުދީގެން ތިހިރީ ގަލައް އަރައެއްނު، ދައުލަތުން މާސިންގާ އިނާޔަތް ނަގައިގެން ދެން ހަމަޖެހިގެން ހީހީ ހުންނަންވީނު
A Abdulla Mahir
އާނ، ދޯ! ދައުލަތް ހިނގަން އެބަޖެހޭ. ކޮވިޑް ތެރޭގަވެސް ޒަކާތު ނުދަލާއި ފައިސާ އެއްކޮށް ހައްގުވެރިން ކަމަށް އެދުނު މީހުނަށް ބަހާލެވިއްޖެ! މިތާ އަޅާ ނިނިފަހުރި 6 އެއްކަ ހާސް ފުލެޓް މި ސަރުކާރަށް 3 އަހަރު ވާއިރު ދޫކޮށް ނުލެވުނު! ޙީވޭޓަ ގައުކު ހިނގާހެން؟