މަޖިލިސް ގޮއްވާލުމަށް ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

މަޖިލިސް ގޮއްވާލުމަށް ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
18 މެއި 2021 01:02
0

ރައްޔިތުންގެ މަޖިލީހަކ ގޮއްވާލަން ޖެހޭތަނެއްކަމަށްބުނެ ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހިނގަމުންދަނިކޮށް، ފޭސްބުކް ލައިވްގައި މީހަކު ވަނީ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭތަނެއްކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، އެކަން މަޖިލީހުގެ އަމީން ޢާންމުގެ ސަމާލުކަމަށް މިހާރު ގެންނަވާފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

މަޖިލިސް ގޮއްވާލަން ޖެހޭތަނެއްކަމށް ބުނެ ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށައަލާފައިވާއިރު، ލޭއޮހޮރުވުމަށާއި، ޓެރަރިޒަމަށް ހިއްވަރުދޭގޮތަށް ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ބެލުން އަވަސްކުރުމަށް މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ވަނީ ޓެރަރިސްޓް ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަންވިލާތުގައިފަރުވާ ހޯއްދަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އަދުހަމް އަހްމަދު ރަޝީދު، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ގޮއްވާލަން، މަސައްކަތްކޮށްފައިވާކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.