މާޒީއަށް ޝުކުރުވެރިވާ ހާލު، ރައްޔިތުން ހަވާލުކުރި އަމާނާތް އަދާކުރުމުގައި ދެމިހުންނާން: އައްލޮ

މާޒީއަށް ޝުކުރުވެރިވާ ހާލު، ރައްޔިތުން ހަވާލުކުރި އަމާނާތް އަދާކުރުމުގައި ދެމިހުންނާން: އައްލޮ

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 11:09
0

މާޒީއަށް ޝުކުރުވެރިވާ ހާލު، ރައްޔިތުން ހަވާލުކުރި އަމާނާތް އަދާކުރުމުގައި ދެމިހުންނާކަމަށް މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލަރުންގެ ހުވައަށްފަހު އައްލޮ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާއާއި ރައްޔިތުން ހަވާލު ކޮށްފައިވަނީ ވަރަށް މަތީ ޒިންމާތަކާއި މަސްޢޫލިއްޔަތު ތަކެއްކަމަށެވެ. އެމަސައްކަތް އަދާކުރުމުގައި ސާބިތުކަމާއިއެކު ދެމި ހުންނަވަނާވެކަމަށް އައްލޮ ވިދާޅުވިއެވެ. އަދި އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ހަވާލު ކުރެއްވި އަމާނާތް އޭގެ އެންމެ ތެދުވެރިކަމާއިއެކު އަދާކުރުމަށް ކަމަށެވެ.

މާޒީއަށް ޝުކުރުވެރިވާ ހާލު، ރައްޔިތުން ހަވާލުކުރި މުހިންމު މާތް އަމާނާތާއިއެކު ކުރިއަށް ދިއުމުގައި ދެމި ހުންނާނަން. އުފާވެރިކަން އެންމެހައި ރައްޔިތުންނަށް.

– އައްލޮ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގައި މުހިންމު ދައުރެއް އަދާކުރައްވާ އައްލޮ ވަނީ މާލެ ސިޓީ ކައުންސިލިންގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށްވެސް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އައްލޮވަނީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީނަށް ނާކާމިޔާބުވެ، އެމަނިކުފާނު ޖަލަށްލީ ހިސާބުން ރައީސް ޔާމީން މިނިވަންކޮށް، މަގުމަތީގައި ކުރި އިހުތިޖާޖުތަކުގައިވެސް އިސްދައުރެއް އަދާ ކުރައްވާފައެވެ.

މަޑުމައިތިރި މިޒާޖެއްގެ އައްލުއަކީ ރައީސް ޔާމީންގެ ފިކުރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވަމުންދާ އަދި އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.