ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ މެމްބަރުންގެ އިހުލާސްތެރި ތަޢުޒިޔާ މަރުހޫމް ޒާހިރުގެ އާއިލާއަށް ދަންނަވައިފިއެވެ.
ރޭގެ ވަގުތެއްގައި ޒާހިރު ނިޔާވުމާއި ގުޅިގެން ގިނަބަޔަކު ދަނީ ޒާހިރުގެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ. ޒާހިރު ވަނީ ސިޔާސީ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ޒާހިރުއަށް ތައުޒިޔާ ވިދާޅުވެ މަޖިލީހުން ކުރި މެސެޖުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ޒާހިރު އާދަމް އަވާހާރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އަދި ހުރިހާ މެންބަރުންގެ ނަމުގައި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަލްފާޟިލް ޒާހިރު އާދަމް އަވާހާރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އަދި ހުރިހާ މެންބަރުންގެ ނަމުގައި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. pic.twitter.com/IeeFh2aIVE
— People's Majlis (@mvpeoplesmajlis) May 17, 2021
ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައެވެ. އެހެންނަމަވެސް، އޭނާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ ގދ. އަތޮޅު މެމްބަރެއްގެ ގޮތުން 27 ފެބްރުއަރީ 2005 އިން 27 މޭ 2009 އަށެވެ. 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008ގެ ނިޔަލަށް އޭނާވަނީ ޚާއްސަ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިޚާބު ވެވަޑައިގަތީ 28 މޭ 2009 ގައެވެ. 17 ވަނަ މަޖިލިހުގައި މަސައްކަތް ކުރެއްވުމަށްފަހު އޭނާވަނީ 18 ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް އެއިންތިޚާބުގައި ނަން ހުށަހެޅުއްވުމަށްފަހު، ވާދަ ނުކުރައްވާ ނަން އަބުރާ ގެންދަވާފައެވެ.
ވަރަށް ކުރިއްސުރެ ސިޔާސީ ދާއިރާއަށް ނުކުންނެވި ޒާހިރު އާދަމް ވަނީ، ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، އެމްޑިޕީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާއަކީ މަޝްހުރު ވިޔަފާރި ވެރިއެއްވެސް މެއެވެ.
ކޮމެންޓު ފޮނުވާ