ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ: ހައިލަމް

ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 11:12
0

ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ ކަމުގައި ކްރިމިނަލް ކޯޓިގެ ކުރީގެ އިސްފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލެއް އެކުލަވާލާމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިކަމަށް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިބިލާއި ގުޅޭގޮތުން ހައިލަމް ވިދާޅުވީ އިސްލާމދީނުގައި ކަނޑައެޅިފައިވާ ހައްދުތަކަށް ފާޑުކިޔައި، އެކަންކަމާއި ދެކޮޅު ހެދުމަކީ މުޖުތަމައުގައި ވަރަށް ބޮޑަށް ނަފްރަތު އުފެދިގެންދާނެ ކަންތައްތަކެއްކަމަށެވެ.

ކަނޑައެޅިގެން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދުތަކާއި ޚިލާފްވެ، ހައްދުތަކަށް އަރައި ގަތުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، މިކަންކަމަށް ހިތްވަރު ދެއްވާ ބޭފުުންނަށްވެސް އަދަބު ކަނޑައެޅެންޖެހޭކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި މިއީ ދީނީ އެއްބައިވަންކަން ގާއިމްކޮށް ދީނަށް ފުރައްސާކުރުން ހުއްޓުވުމަށް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމަށް ހައިލަމް ވަނީ ވިދާޅުވިއެވެ.

ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތަކަށް ފާޑުކިޔައި ދެކޮޅު ހެދުމަކީ ނަފުރަތު ރައްދުވާނެ ކަމެއް. އެފަދަ ޢަމަލުތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅައި އެކަން ހުއްޓުވައިގެން ނޫނީ ނަފުރަތެއް ނުހުއްޓުވޭނެ. ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ.

– ހައިލަމް ވިދާޅުވިއެވެ.

ހައިލަމް މިފަދަ ގޮތަކަށް ވިދާޅުވިއިރު ކުރީގެ އުއްތަމަ ފަނޑިޔާރުވެސް ވަނީ މިމައްސަލާގައި ޤާނޫނު އަސާސީއާއި ޚިލާފް ނުވާނޭ ގޮތަކަށް މިކަން ކަނޑައެޅުމަށް ގޮވާލާފައެވެ. ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މިފަދަ ކަމެއް ކަނޑައަޅާނެ މިނިަވަން މުއައްސަސާއެއް މިޤައުމުގައި ހުރިކަމާއިމެދުވެސް ބައެއް ބޭފުޅުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޚ ޚިޔާލު
ތިކަންވާނީީ ދީންދަންނަަ ސާލިހުު އަޅަކަށްް ވެރިކަންް ދީގެންް.
ދ ދިވެއްސެއް
ތިކަންވާނީީ ދީންދަންނަަ ސާލިހުު އަޅަކަށްް ވެރިކަންް ދީގެންް.