ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ ބަލަމުންދާއިރު މިވެެރިކަމުގައި މިމައްސަލަ ބެލުމަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ނުޖެހޭނެކަމަށް ވިދާޅުވެ އަލްހާން ފަހުމީގެ ރައްދެއް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދަށް ދެއްވައިފިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގު ކޮޅެއްގައި ޖެހެންދެން އެމްޑީޕީ މެމްބަރުން މުޒާހަރާއަށް ނިކުތުމަށް ވައްޑެ ގޮވާލުމާއި ގުޅިގެން އަލްހާން ވިދާޅުވީ މިއީ މިކަމުގައި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަންވީ ވަގުތެއް ނޫންކަމަށެވެ. ކޮންމެ ކަމެއްގައިވެސް ހަމަޔާއި އުސޫލު އޮންނަން ޖެހޭކަމަށާއި، އެމްޑީޕީގެ ވެރިކަމެއް އޮވެ މިކަން ބެލުމަށްކަމަށްބުނެ މުޒާހަރާއަށް ނިކުންނަން ނުޖެހޭކަމަށް އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރެއްގައި ތިކަން ބަލަން މުޒާހަރާކުރަން ނުކުންނާކަށް ނުޖެހޭނެ! ވާނުވާ އެނގިވަޑައިނުގަންނަވަނީތޯ؟ ހުރިހާ ހާލަތެއްގައި މުޒާހަރާކުރުމަކީ ކުރަންޖެހޭ ކަމެއް ނޫން! މާ ބާރަށް ރޯ ނުބައި ވާހަކަ!
– އަލްހާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ޝީދަށް ދިން ހަމަލާގެ ސީރިއަސްކަން ކުޑަކުރުމަށް މަސައްކަތް ކުރާކަން ގަބޫލު ކުރެވޭކަމަށެވެ. އެމަނިކުފާނުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އެތަކެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިކަން ހިނގާ ގޮތެއް ހާމަކޮށްދޭންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އިންސާފާއި ހަމަހަމަ ކަމާއި، މުޒާހަރާ ކުރުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޑުލި ބޭފުޅާއަށްވާއިރު، އެބޭފުޅާއަށް މަޖިދީދީ މަގުގެ މެދުގައި ހަމަލާދީ ގޮއްވާލަން އުޅުމުން އެކަމަށް އިންސާފު ނުލިބި ލަސްވާނަމަ އެއީ ކަންބޮޑުވާނެ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ. މިއަދުވެސް ދާއިރާގެ އެތައް ރައްޔިތުންނެއް ގުޅުއްވާފަ އެމަނިކުފާނުގެ ހާލަތާއިމެދު ކަންބޮޑުވެ ތަހުގީގްދާގޮތް އޮޅުން ފިލުވަމުންދާކަމަށާއި، ނަމަވެސް ދޭނެ ޖަވާބެއް ނެތްކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ.
އެނާ ވަނީ އެމްޑީޕީގެ މެމްބަރުން މަގުތަކަށް ނިކުމެ މިކަމަށް އިންސާފު ލިބެންދެން އިހުތިޖާޖަށް ނިކުތުމަށް ގޮވާލާފައެވެ. އަދި މިހަރަކާތް އެމްޑީޕީން އިންތިޒާމު ކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ
ކޮމެންޓު ފޮނުވާ