މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، 5އަހަރަށް ސްޓެރެޓެޖިކް އެކްޝަން ޕްލޭން ފާސްކޮށްފި

މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، 5އަހަރަށް ސްޓެރެޓެޖިކް އެކްޝަން ޕްލޭން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
17 މެއި 2021 11:30
0

މާލެސިޓީ ކައުންސިލްގެ ކުރިއަށް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 7 އަމާޒަކަށެވެ. އޭގެ ތެރޭގައިހިމެނެނީ، ބިންވެރި ރައްޔިތެއް،މޗާލު މާލެ ސިޓީ، ހިތްފަސޭހަ މަގުމަތި، ފުދުންތެރި ދިރިއުޅުން، ޑިޖިޓަލް މާލެ، ހަރުދަނާ އިދާރީ ހިންގުން އަދި ރައްޔިތުންނާ ބައްދަލުވާ ކައުންސިލްއެވެ.

ބިންވެރި ރައްޔިތެއް:

  • މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން
  • މާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ހިންގޭ ހައުސިންގ މަޝްރޫއެއް މާލޭގައި ހިންގުން
  • ވިލިމާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން
  • ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް، ހިންގޭ ހައުސިންގ މަޝްރޫއެއް ވިލިމާލޭގައި ހިންގުން
  • ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރުން
  • ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް
    ހެދުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް ކުރުން
  • މާލޭގެ ދަފްތަރުގައި ޖެހިފައިތިބި ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ކަނޑައަޅާ އެ މަގުޗާޓާ އެއްގޮތަށް ޢަމަލުކުރަންފެށެންދެން، އަދި ދަފްތަރުގައި ޖައްސާ އުސޫލު އިސްލާޙު ކުރެވެންދެން ދަފްތަރުގައި ޖެއްސުން ހުއްޓާލުން
  • ސިނަމާލެ، މާލެހިޔާ ފުލެޓުތައް މަރާމާތު ކުރުމާއި، ފްލެޓް ތައް ބަލަހައްޓާ އޮފީސް ގާއިމްކުރުން
  • ހުޅުމާލެގެ ރަޖިސްޓްރީއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކުރުން އަވަސްކުރުވުން

ޗާލު މާލެސިޓީ

  • މިސްކިތްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ އާބާތުރަ ފިލުވާ، ރީތިކޮށް ބަލަހައްޓާ،
    މިސްކިތުގެ ޤަދަރު ހިފެހެއްޓުން
  • ޕާރކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާ، އިތުރު ޕާރކުތަކާ މައިޒާންތައް ބިނާކުރުން
  • މާލެ ތެރޭގައި ހިންގާ ގަރާޖު، ވޯރކްޝޮޕް، ގުދަން ތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމާއި އެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ފުރުސަތު ތަނަވަސްކޮށްދިނުން
  • ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލެ ސިޓީގައި "1 ލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމެއް ހިންގުން
  • ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުން
  • ޕާރކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާ، އިތުރު ޕާރކުތަކާ މައިޒާންތައް ބިނާކުރުން
  • ސިއްހަތާއި ރައްޓެހި އީ-ބައިކް ނިޒާމް ތައާރަފުކޮށް ދެމެހެއްޓުން
  • ވިލިމާލޭގައި ޖާގަ ތަނަވަސް، ކުޑަކުދިންގެ ޒަމާނީ ޕާރކެއް ގާއިމްކުރުން
  • ބައިނަލް އަގްވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް މާލެ ސިޓީގައި ގާއިމްކުރުން
  • މާލޭގެ ބަނދަރު ސަރަހައްދުތަކުގެ ޓްރެފިކަށް ލުޔި ގެނެސްދިނުމަށާއި، ދަތުރުވެރިންނަށް ހާއްސަ
    ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ކުރެވޭނެކަންކަން ކުރުން
  • މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ފުޓްސަލް ދަނޑާއި ވޮލީ، ބާސްކެޓުބޯޅަ އަދި
    ނެޓްބޯޅަ ކޯޓުތައް ހެދުމަށް ޖާގަ ކަނޑައަޅައި ދިނުމާއި އައުޓް ޑޯ ޖިމްތައް ޤާއިމްކޮށްދިނުން
  • ކަމާބެހޭ މާހިރުންގެ ލަފާއާއި ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް މާލޭ ތެރޭގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅަލާއި މެދު ކަންކުރާނެ ގޮތެއް ނިންމުން
  • މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރކޭޓުގައި ހުރި މައްސަލަތައް
    ހައްލުކުރުން
  • މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރކޭޓް ޒަމާނީކުރުން
    އަދި ވިލިމާލޭގައި މަސް މާރކޭޓަކާއި ލޯކަލް މާރކެޓެއް ޤާއިމްކުރުން
  • ނީލަން ފިހާރައާއި މެދު ދާއިމީ ގޮތެއް ނިންމުން
  • "ސާފުމަގު" މަޝްރޫޢު ތައާރަފުކޮށް ރަށްވެހިންގެ އެއްބާރުލުމާއި އެކު ހިންގާ ދެމެހެއްޓުން
  • "ހިތްގައިމު ފަރު"ގެ ނަމުގައި މާލޭގެ ވަށައިގެންވާ ފަރާއި، ފަޅުތެރެ
    ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބޭއްވޭނޭ ޕްރޮގްރާމެއް ހިންގުން
  • "ޕްލާސްޓިކާއި ދުރުވަމާ" ގެ ނަމުގައި މާލެއަކީ ޕްލާސްޓިކް މަދު ސިޓީއަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގުން

ހިތްފަސޭހަ މަގުމަތި

  • މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއިއެކު ކުރެވޭ ކަމަކަށް ހެދުން
  • ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ،
    ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން
  • ގޭގެއަށް ވަދެ ނުކުމެވޭ ގޮތަށް ޕޭވްމަންޓު ޑިޒައިންކޮށް ޕާރކު ކުރާގޮތް އިސްލާކުރުން
  • "ފަސޭހަމަގު" އެޕު އިތުރަށް ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުން
  • ޕާރކިންގެ މައްސަލައަށް ޖީބަށްލުއި، ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުން
  • މަގުމަތީ ހުންނަ ބާވެފައިވާ ވެހިކަލްތައް ނަގާ ނައްތާލުން
  • މާލޭގެ އެކި ސަރަހައްދުތަކުގައި ލެޑް ސައިން ބޯޑުބަހައްޓާ، ޓްރެފިކް ލައިވް އަޕްޑޭޓް،
    މަގު ބަންދާއި ބެހޭ ލައިވް އަޕްޑޭޓް ފަދަ ޚާއްސަ މެސެޖުތައް ދޭނެ ނިޒާމް ގާއިމްކުރުން
  • ޑީވޯޓަރ ކުރުމަށް ހާއްސަ ނެޓްވޯކެއް ބިމު އަޑީގައި ގާއިމްކުރުން
  • މާލޭގެ މަގުތަކުގައި ހުރިހާ ކޭބަލެއް ވަޅުލުމަށް އެއް އިންފްރާސްޓްރަކްޗަރ ނެޓްވޯކެއް ޤާއިމްކުރުން
  • މާލޭގެ މަގުތަކާ ގޯޅިތަކާ ޕާކުތަކާ އެހެނިހެން ސަރަހައްދުތަކަކީ ރޭގަނޑު ދިއްލިފައި
    ހުންނަ ތަންތަންކަން ކަށަވަރުކުރުން
  • މާލޭގެ މަގުތަކުގައި ހުރި ހުރިހާ ކާނުތައް ސާފުކޮށް ރަނގަޅުކުރުން
  • މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އިނގޭނެހެން މަގުތަކުގައި ނަން ޖެހުން
  • ކޮންސްޓްރަކްޝަން ސައިޓް ތަކުން އާންމުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި
    ކުރެވޭ މަސައްކަތް ހަރުދަނާކުރުން
  • މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް ފެން ތިކި ތެޅޭގޮތަށް
    ހުންނަ އޭސީ އައުޓްޑޯ ޔުނިޓުތައް ފަދަ ތަކެތިން ލިބޭ އުނދަގޫ ހައްލުކުރާނެ
    ގޮތާމެދު ގޮތްތަކެއް ކަނޑައެޅުން
  • މާލޭގައި ޕަބްލިކް ބަސް ސާރވިސް އާއި މާލޭގައި ސްކޫލް ބަސް ސާރވިސް ފެއްޓުން
  • ޓްރެފިކާއި ހިނގާ މީހުންނަށް ލުއިވާނޭ ގޮތަށް، މަގުތަކުގައި ޕާކް ކޮށްފައި ހުންނަގޮތަށް
    ގެންނަންޖެހޭ ބަދަލުތައް ގެނައުން

ފުދުންތެރި ދިރިއުޅުން

  • ޒުވާނުންނަށް ވޮކޭޝަނަލް ޓްނެއިނިންގ ފުރުސަތުތައް ތައާރަފުކޮށް ހިންގުން
  • މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުން
  • ޒުވާނުންނަށް ވިޔަފާރިއެއް ފެށުމުގެ ފުރުސަތު، ޖާގައިގެ ގޮތުން، ދެޖިންސަށް ހަމަހަމަ ކަމާއެކު ފަހި ކޮށްދިނުން
  • އިރުއޮއްސި 6 އިން ފެށިގެން ވިޔަފާރިވަގުތު ބަންދުވުމާ ހަމަޔަށް ހުޅުމާލެ ބީޗް ގެސްޓް ހައުސް، ކެފޭ، ރެސްޓޯރެންޓް ވިޔަފާރީތަކަށް ބޭނުންކުރެވޭގޮތަށް ހަމަޖެއްސުން. އަދި އާންމުންނަށް ފަތިހު 5 އިން އިރުއޮއްސި 6 އަށް ބީޗް ބޭނުންކުރެވޭގޮތް ހަމަޖެއްސުން
  • ވިލިމާލޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވިލިމާލޭގެ ބަނދަރުބޭނުން ކުރެވޭގޮތަށް ބަދަލުކުރުން
  • ހުޅުމާލެ މަގުތައް އަދި ބީޗް ކުނިކަހާ މީހުންގެ އުޖޫރަ މަތިކޮށްދިނުމަށް މަސައްކަތްކުރުން
  • ހުޅުމާލޭގައި ފަރުމަހަށް ދާ މަސްވެރިންނަށް ފަރު މަހަށް ހާއްސަ މާރުކޭޓެއް ހެދުން
  • ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންކުރަމުންދާގޮތް އިސްލާހުކުރުން

ޑިޖިޓަލް މާލެ

  • މާލެ ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް
    މުޅި މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން
    ޚިދުމަތްތައް ހޯދަން ކޮންމެ ރައްޔިތަކަށްވެސް ފަސޭހަވާނެ މަގު ފަހިކޮށްދިނުމަށްޓަކައި "ޑިޖިޓަލް މާލެ" މަޝްރޫޢު ފެށުން
  • މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްޓަކައި 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ދޭ ކޯލް ސެންޓަރ އެއް ގާއިމްކުރުން
  • ހުރިހާ ފަރާތްތަކުގެ ސީސީޓީވީ ވަސީލަތްތައްތަކުގެ ލިންކުތައް އެއްކޮށް މުޅި މާލެ ސިޓީއެއް ނެޓްވޯކަކުން ގުޅާލައި ސީސީޓީވީ ހިދުމަތުން މުޅި މާލެ ސިޓީ މޮނިޓަރ ކުރެވޭނެނިޒާމު ގާއިމްކުރުން
  • މުޅި މާލެ ސިޓީ ވައިފައި ކުރުން

ހަރުދަނާ އިދާރީ ހިންގުން

  • ރައްޔިތުންނަށް ގާތުން ޚިދުމަތްދީ، ރައްޔިތުންނަށް އަމިއްލަ ސިޓީގެ ކަންކަމާ ޒިންމާދާރުވުމުގެ އިހުސާސްވާން ފެށުމަށްޓަކައި މާލެ ސިޓީގެ ކޮންމެ ބްލޮކެއް ވަކިން ބަލަހައްޓަން ފަސޭހަވާނޭގޮތަށް ކޮންމެ ބްލޮކަކަށް ވެރިއެއް، އެ ބްލޮކަކުން އެ ބްލޮކެއްގެ ރައްޔިތުންގެ ހިޔާލާއިއެކު ކަނޑައެޅުން
  • ހުޅުމާލެ އަކީ ސިޓީކައުންސިލުގެ ސީދާ ބެލުމުގެދަށުން މުނިސިޕަލް ހިދުމަށްދޭ ތަނަކަށް ހެދުން
  • ސިޓީކައުންސިލްގެ މާލޭ އޮފީސްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ސިޓީކައުންސިލްގެ ވިލިމާލޭ އޮފީހުންވެސް ލިބޭގޮތަށް އިންތިޒާމުތައް ރޭވުން
  • ސިޓީ ކައުންސިލުގައި ހުރި ގޯތި ގެދޮރާއި ބެހޭ ފޯމުތައް ފަދަ ލިޔެކިޔުންތަކާއި ކުރެހުންތައް ޑިޖިޓަލައިޒްކޮށް ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި އެކު އޭގެ ބެނުން ހިފޭފަދަ ޑޭޓާބޭސްއެއް ގާއިމްކުރުން
  • ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ޚިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ގިނަވެގެން 3 ދުވަސް ތެރޭގައި ނިންމައިދިނުން
  • ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ވިލިމާލޭގައި ވަން ސްޓޮޕް ސާރވިސް ސެންޓަރއެއް ގާއިމްކުރުން (މިސާލަކަށް ޑީއެންއާރު، އިމިގްރޭޝަން، ޓްރާންސްޕޯޓް އޮތޯރިޓީފަދަ އޮފީސްތަކުން ދޭ ހިދުމަތްތައް)
  • ސިޓީ ކައުންސިލްގައި ތިބޭ ބޭރު މުވައްޒަފުންގެ އަދަދު މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުން  (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް)
  • އަވަށު ބޯޑުތައް އެކުލަވާލާ ހިންގަން ފެށުން

ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް

  • ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ޝެޑިއުލްއެއް ހަދާ ކޮންމެ ހަފްތާއަކުވެސް އެއް ދުވަހު، ރަސްމީ މަސައްކަތެއްގެ ގޮތުގައި ގޭގެއަށް ޒިޔާރަތްކުރުން (ގޭގެއަށް ނުދެވޭ ޙާލަތުގައި އޮންލައިންކޮށް)
  • ކޮންމެ އަވަށެއްގައި ރައްޔިތުންނާއި ބައްދަލުކުރެވޭނެ ތަނެއް ގާއިމްކުރުން. ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އެ ތަންތަނުގައި ކައުންސިލަރުންނާއި ބައްދަލުކުރެވޭނެ ތާވަލެއް ކަނޑައެޅުން
  • މަހަކު އެއްފަހަރު ލައިވް ކުރެވިގެން ރައްޔިތުންނާ ބައްދަލުވުން ބޭއްވުން

މާލެ ސިޓީގެ ސްޓްރެޓޖިކް އެކްޝަން ޕްލޭން ފާސްކޮށްފައިވަނީ މިއަދު އޮންލައިންކޮށް ޞޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލްރުންގެ އިއްތިފާޤުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.