މާލެ ސިޓީއަށް އިންތިޚާބުކުރައްވާފައިވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި، މާލެ ސިޓީ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަޤާމުގެ ހުވައި ކުރައްވައިފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އޮންލައިންކޮށެވެ.
މިއަދު ހެނދުނު 09:00 ގައި ފެށި ރަސްމިއްޔާތުގައި މޭޔަރުންްނާއި ކައުންސިލުންގެ މެމްބަރުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.މި ރަސްމިއްޔާތުގައި، މޭޔަރުންނާއި ކައުންސިލަރުން ހުވާގައި ސޮއިކުރެއްވިއިރު މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް އިގްރާރުގައި ސޮއިކުރެއްވިއެވެ. ސޮއިކުރެއްވުމަށްދަހު ސްކްރީނުން ދައްކާލިއެވެ.
ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލުން ކުރި މުހިންމު މަސައްކަތްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާލިއެވެ. މޭޔަރާއި ކައުންސިލަރުން ހުވައި ކުރުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ފަށާފައެވެ.
މި ރަސްމިއްޔާތުގައ "ރައްޔިތުން އެދޭ އަމާޒަށް" މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވަނީ އެކުލަވާލައްވާ ފާސްކޮށްފައެވެ. ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސްކުރެއްވީ ކައުންސިލް މެންބަރުންގެ އިއްތިފާޤުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ އައު މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެއްބާރުލުން ދޭނަމަ ސިޓީ ކައުންސިލް ވެގެންދާނީ ސަރުކާރާ އެންމެ ގާތް އެންމެ ބޮޑު އެކުވެރިޔާކަމަށެވެ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭޏުންވަނީ ބޯހިޔާވަހިކަން ކަމަށާއި، ހިޔާ ފްލެޓްތަކުން ރައްޔިތުން އަތުންދާ ފައިސާގެ ބަދަލުގައި އަގު ހަދައިދެއްވާ ރައްޔިތުންނަށް އެފައިސާ ދެއކުމަށް ލުއިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން ހިޔާ ފްލެޓްގެ އަގު 5200އަށް ވުރެ ބޮޑު ނުކުރުމަށް ގޮވާލެއްވިއެވެ. އެއީ އެޗްޑީސީއަށް ގެއްލުން ނުވެ ފައިދާ ވާނެ އަގުކަމަށާއި ރައީސް އޮފީހުގައި ހުރި ލިޔެކިއުމުން ފެންނާޏެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ގުޅި ފަޅުގައި ޕޯޓް ހެދުމުގެ ބަދަލުގައި އެތަން ބޯހިޔާވަހިކަމަށް ޚާއްޞާކުރުމަށްވެސް މޭޔަރު ގޮވާލެއްވިއެވެ. މޭޔަރު ވަނީ ރަސްމީގޮތުން ނުހުޅުވިނަމަވެސް ވަގުތީ ގޮތުން ކޮންގް ސަލްމާޏް މިސްކިތް ހުޅުވައިދެއްވުމަށްވެސް ސަރުކާރަށް ގޮވާލައްވާފައެވެ.
ސިޓީ ކައުންސިލް ހިނގަމުންދާނީ ނަޒާހަތްތެރި ކައުންސިލެއްކަމުގައި ޔަޤީންކަން މޭޔަރު ދެއްވިއެވެ.
ކުރީގެ ތިން ދައުރާއ ޚިލާފަށް މި 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލްގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. މިއީ މާލެ ސިޓީގެ މާޔަރުގެ މަޤާމު ޕީޕީއެމް އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މާލޭ ސިޓީ ކައުންސިލުގެ އިތުރުން އައްޑީސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށީ ސިޓީއާއިމ ރަށްރަށުގެ ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުންވެސް މިއަދު ބާއްވާފައިވެއެވެ. ކޯވޑް-19އާއި ގުޅިގެން ކޮވިޑް އޮތް ހުރިހާ ރަށެއްގައިވެސް ކައުންސިލަރުން ހުވައި ކުރުން ބާއްވާފައިވަނީ އޮންލައިންކޮށެވެ.
މިއަދު ހުވައިކުރުން ހައިކޯޓުން ފަސްކުރުމަށް ޢަމުރުކޮށްފައިވަނީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް، ލ. މާބައިދޫ ކައުންސިލްގެ ރައީސް އަދި ތ. ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުމމެވެ.
ކޮމެންޓު ފޮނުވާ