ސެލްޓަ ވީގޯ އަތުން ބަލިވެ ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުޞަތު ގެއްލިއްޖެ

ސެލްޓަ ވީގޯ އަތުން ބަލިވެ ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުޞަތު ގެއްލިއްޖެ

Author
ޔޫސުފް
17 މެއި 2021 01:01
0

ސެލްޓަ ވީގޯ އަތުން ބަލިވެ ސްޕެނިޝް ލީގު ހޯދުމުގެ ފުރުޞަތު ބާސެލޯނާއަށް ގެއްލިއްޖެއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމުން ބަލިވީ 1-2 ގެ ނަތިޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެލްޓަ ވީގޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން 38 ވަނަ މިނެޓުގައި ސެލްޓަ ވީގޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ސަންޓި މިނާއެވެ.

މި މެޗުން ބާސެލޯނާ ބަލިވީ މެޗުގެ އެންމެ ފަހު ވަގުތުގައި ސެލްޓަ ވީގޯއިން ކާމިޔާބުކުރި ލަނޑުންނެވެ. އެގޮތުން މެޗުގެ 89 ވަނަ މިނެޓުގައި ސެލްޓައަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސަންޓި މިނާ ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ބާސެލޯނާގެ އުއްމީދުތައް ފެނަށް ދުއްވާލާފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ބާސެލޯނާ ކުޅުނު 37 މެޗުން 76 ޕޮއިންޓާއެކު އެޓީމު އޮތީ 3 ވަނައިގައިއެވެ. ދެވަނައިގައި 37 މެޗު ކުޅެގެން ހޯދި 81 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެއެވެ. އަދި އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 83 ޕޮއިންޓެއެވެ، ލީގު ޗެމްޕިއަންކަން ކަށަވަރު ވަނީ ލީގުގެ އެންމެ ފަހު ހަފްތާގައި ރެއާލް އަދި އެތުލެޓިކޯ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.