އޮފިޝަލުންގެ އެލަވެންސް މިހަފްތާގައި ޖަމާކޮށް ނިމޭނެ: ޝަރީފް

އޮފިޝަލުންގެ އެލަވެންސް މިހަފްތާގައި ޖަމާކޮށް ނިމޭނެ: ޝަރީފް

Author
މުޙައްމަދު ޖިމީ
16 މެއި 2021 02:30
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް، މި ހަފްތާގެ ނިޔަލަށް އެލަވެންސްދީ ނިންމާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވެންސް ލަސްވާތީ އެކަމާއި ގުޅޭގޮތުން މީހަކު ކުރި ޓްވީޓެއްގެ ޖަވާބުގައި ޝަރީފް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު 2300އަށް ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކޮށްދީފައިވާކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ބާކީ ތިބި އޮފިޝަލުންގެ އެލަވެންސް ޖަމާކުރަން ފޮނުވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އިންތިޚާބެއްގައި އެންމެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި އިންތިޚާބެވެ. އެގޮތުން 8 ހާހާއި ގާތްކުރާ ޢަދަދަކަށް އޮފިޝަލުން ހަރަކާތްތެރިވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގައި އިންތިޚާބި ބޭފުޅުން ހުވާކުރުން މާދަމާ ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.