ރީޖަނަލް އެއަރޕޯޓްސް ކުންފުނި އުފެއްދީ ރައީސް ޞާލިޙްގެ އާއިލީ ބޭފުޅުންނަށްޓަކައި: އަމީން

ރީޖަނަލް އެއަރޕޯޓްސް ކުންފުނި އުފެއްދީ ރައީސް ޞާލިޙްގެ އާއިލީ ބޭފުޅުންނަށްޓަކައި: އަމީން

Author
މުޙައްމަދު ޖިމީ
16 މެއި 2021 02:00
0

މިސަރުކާރުން ރީޖަނަލް އެއަރޕޯޓްސް ކިޔާ ކުންފުންޏެެއް އުފެއްދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އާއިލީ ބައެއް މީހުންނަށްޓަކައިކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައިމިވަނީ،މިސަރުކާރުން އެޅި ފުރަތަމަ އެއާޕޯޓް ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު، އެތަން އިންޝިއުރަންސް ނުކޮށް ހުރިކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. އެއާޕޯޓަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަލަދުވެރި ފަރާތް ރީޖަނަލް އެއާޕޯޓްސްއިން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު އޮތް އެންމެބޮޑު ގޮންޖެހުމަކީ އެއާޕޯޓް އިންސުއަރެންސް ކޮށްފައި ނުތުމެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެއާޕޯޓު އޮތީ ފެނު އަޑީގައެވެ. އަދި އެއަރޕޯޓް ހެދުމުގައި އީއައިއޭއަށް އަމަލުކޮށްފައިވޭތޯވެސް ވަނީ ސުވާލު އުފެދިފައެވެ.

ހޯރަފުށީ އެއާޕޯޓް އިޝުއަރެންސް ނުކޮށް އޮތުުމުން، ގެއްލުން އިތުރަށް ބޮޑުވާނެ!

އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ، ޑޮމެސްޓިކް އެއަރޕޯޓްސްތައް އަބަދުވެސް ހިންގަމުން ދިޔައީ ރީޖަނަލް އެއަރޕޯޓްސް ކިޔާ ޑިޕާޓްމަންޓެއްގެ ދަށުންކަމަށާއި، އެއިރު އިންޝުއަރެންސް، ފަޔަރ ކެޓަގަރީ އަދި އޮޕަރޭޝަނަލް މައްސަލަތައް ދިމާނުވާކަމަށެވެ. އޭނާ ވިދާޅުވީ، މިސަރުކާރުން ރީޖަނަލް އެއަރޕޯޓްސް ކިޔާ ކުންފުންޏެއް އުފެއްދީ ރައީސް ޞާލިޙްގެ އާއިލީ ބައެއް މީހުންނަށްޓަކައިކަމަށެވެ.

ޑޮމެސްޓިކް އެއަރޕޯޓްސްތައް އަބަދުވެސް ހިންގަމުން ދިޔައީ ރީޖަނަލް އެއަރޕޯޓްސް ކިޔާ ޑިޕާޓްމަންޓެއްގެ ދަށުން. އިންޝުއަރެންސް، ފަޔަރ ކެޓަގަރީ އަދި އޮޕަރޭޝަނަލް މައްސަލަތައް ދިމައެއް ނުވޭ. މިސަރުކާރުން ރީޖަނަލް އެއަރޕޯޓްސް ކިޔާ ކުންފުންޏެއް އުފެއްދީ ރައީސް ޞާލިޙްގެ އާއިލީ ބައެއް މީހުންނަށްޓަކައި.

– މުޙައްމަދު އަމީން

އަމީން މިހެން ވިދާޅުވެފައިވާއިރު، ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ކޮންސަލްޓަންޓެއްގެގޮތުގައި ރައީސް ޞާލީހްގެ ބޭބޭފުޅު މޫސާ ޞާލިހު ވަނީ އައްޔަންކުރައްވާފައެވެ. އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެތެރޭގައެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނިން އޭރު ބުނެފައިވަނީ، އެކުންފުނީގައި ދުވަހުން ދުވަހަށް ހިނގާ މަސައްކަތްތަކުގައި މުސާ ޞާލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ބޯޑު އެކުލަވައިލީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު ރިޒްވީއެވެ. އަދި ޗެއަރމަންއަކަށް ހަމަޖައްސާފައިވަނީ އަބްދުއްލަތީފް ޤާސިމްއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ފިރުޒުލްއާއި، މުހައްމަދު ޝަފާއު ހުސައިން، ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދުއެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.