ސިޔާސީ ބޭފުޅުންގެ އާއިލީ މީހުންނަށް ބޭންކުތަކުގެ ބޯޑު މެންބަރުކަން ކުރެވުމަކީ، ކޮރަޕްޝަނަށް ހުޅުވޭ ދޮޮރެއް

ސިޔާސީ ބޭފުޅުންގެ އާއިލީ މީހުންނަށް ބޭންކުތަކުގެ ބޯޑު މެންބަރުކަން ކުރެވުމަކީ، ކޮރަޕްޝަނަށް ހުޅުވޭ ދޮޮރެއް

Author
މުޙައްމަދު ޖިމީ
16 މެއި 2021 01:42
0

ބޭންކު ތަކުގެ ބޯޑުގައ ވަޒީރުންނާއި މަޖިލިސް މެންބަރުން ފިޔަވާ އެހެން ސިޔާސީ މީހުންގެ އާއިލީ މީހުންނަށް ތިބެވޭނެގޮތް ހެދުމަކީ ކޮރަޕްޝަނަށް ހުޅުވާނެ އިތުރު ދޮރެއްކަމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ފިޔަވާ އެހެން ސިޔާސީ މީހުންގެ އާއިލީ މީހުންނަށް ބޭންކު ތަކުގެ ބޯޑުގައި ތިބެވޭގޮތަށް ބޭންކުތަކާއި، އިންޝުއަރޭންސް ކުންފުނިތަކާއި، ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނޭންސް ރެގިއުލޭޝަނަށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ވަނީ ބަދަލު ގެނެސްފައެވެ.

މިކަމާއި ގުޅިގެން މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމްއެމްއޭއިން ގެނައި އެ ބަދަލަކީ ކޮރަޕްޝަނަށް ހުޅުވޭނެ އިތުރު ދޮރެއްކަމަށެވެ.

އިންޝުއަރޭންސް ކުންފުނިތަކާއި، ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނޭންސް ރެގިއުލޭޝަން ޤަވާޢިދުގައި ކުރިން ބުނެފައިވަނީ، ބޭންކުގެ ބޯޑަށް އައްޔަންކުރާ މީހަކީ ނުވަތަ އޭނާގެ އާއިލާ މީހަކު ކެބިނެޓު މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ މަޤާމަކަށް އައްޔަންކޮށްފައިވާ މީހަކު ކަމުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ނުވަތަ، ޤާނޫނުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ނުވަތަ، އެއްވެސް ސިޔާސީ ޕާޓީއެއް މުހިއްމު މަޤާމެއްގައި ހުރި މީހަކަށް ވެގެންނުވާނެކަމަށެވެ.

ނަމަވެސް އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއޢުކުރައްވާ އަމަލުކުރަންފެށި އައު ޤަވާއިދުގައި ވަނީ، ބޭންކުތަކުގެ ބޯޑުގައި ހިމެނޭ މެންބަރަކީ އެއްވެސް ވުޒާރާއެއްގައި ނުވަތަ ޑިޕާޓުމެންޓެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަޤާމެއްގައި ހުރި މީހަކަށް، ނުވަތަ ޤާނޫނުން އުފައްދާފައިވާ މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ނުވަތަ، ސިޔާސީ ޕާޓީއެއްގެ މުހިއްމު މަޤާމެއްގައި ހުރި ފަރާތެއް ކަމުގައި ވެގެންނުވާނެކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުގެ އާއިލީ މެންބަރުންނަށް ބޯޑުގެ މެންބަރުންކަން ކުރުމަށް ހުރަހެއް ނޯންނާނެއެވެ.

އެ ޤަވާއިދު ބުނާގޮތުން ބޯޑުގެ މެންބަރކަން ނުކުރެވޭނީ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލީ މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.