ކަރަންޓީނާއި ޚިލާފުވެ، ކައިވެނިކުރި ދެމީހުން 10،000ރުފިޔާއިން ޖޫރިމަނާކޮށްފި

ކަރަންޓީނާއި ޚިލާފުވެ، ކައިވެނިކުރި ދެމީހުން 10،000ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޖިމީ
16 މެއި 2021 11:54
0

ހޯމް ކަރަންޓީންގެ އުސޫލްތަކާއި ޚިލާފަށް ބޭރަށް ނިކުމެގެން ގޮސް ކައިވެރިނުކުރި ދެމީހުންކުރެ، ކޮންމެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކަރަންޓީންގެ އުސޫލްތަކާއި ޚިލާފްވެފައިވަނީ ގއ.ވިލިގިލީގައި ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ. އެއީ މާލެއިން އެރަށަށްގޮސް ކަރަންޓީންގައި ތިބި ދެމީހުންނެވެ. ފުލުހުން ބުނީ އެ ދެމީހުން ކަރަންޓީން އުސޫލާއި ޚިލާފްވެ ކޯޓަށް ގޮސް ކައިވެނިކޮށްފައިވާތީ ކޮންމެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ.

އެދެމީހުންނަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ތިބި ދެމީހުންކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމާއެކު ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވަނީ ކަރަންޓީންގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރުކޮށްފައެވެ. އަދި އެ މުއްދަތުގެތެރޭގައި ކަރަންޓީންގައި ހުންނަ މީހަކު ކަރަންޓީނުން ވީއްލޭނީ ކޮވިޑަށް ތެސްޓްކޮށް ނެގެޓިވް ނަތީޖާއަކާއެކުއެވެ.

ވިލިނގިލިން ހޯމް ކަރަންޓީނާއި ޚިޔާފްވި ބަޔަކު ޖޫރިމަނާކޮށްފައިވާއިރު، ހޯމް ކަރަންޓީންގައި ހުރި މީހަކާއި ކޮންޓެކްޓްވެފައިވާ މީހަކު ޕޮޒިޓިވްވެ އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހި ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 15،000އިން މައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Laas
ި މައިމޫނާަ ޒިންމާާ ނަގަންޖެހޭނީީ ފިލައިގެންް ނޫޅެވޭެނެެ ބޭެނުންގޮތެންހަދަނީ