ޓެރަރިޒަމާއި ދެކޮޅަށް، ފުލުހުންނާއި ސިފައިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. އެމްއެންޑީއެފް އިންވެސް ވަނީ ފުލުހުންނާއި ގުޅިގެން އައްޑޫގައި ޚައްޞަ އޮޕަރޭޝަނެއް ހިންގަމުން އަންނަކަމަށް ބުނެފައެވެ.
ނަމަވެސް އެ އެ އޮޕަރޭޝަނާއި ބެހޭ އިތުރު ތަފްސީލް ސަލާމަތީ ޚިދުމަތްތަކުން ދީފައެއް ނުވެއެވެ.
އައްޑޫގައި ސަލާމަތީ ބާރުތަކުން ޚައްޞަ އޮޕަރޭޝަނެއް ހިންގާ 7 މީހަކު ހައްޔަރުކޮށްފައި މިވަނީ، މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް، މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފައިން ބުނެފައިވަނިކޮށެވެ.
މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިން ވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ގެތަކާއި ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު ލިބުނު މައުލޫމާތަކައި ގުޅިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ