ޗަމްޕާ ބްރަދާސްއިން މަނީލޯންޑަރ ކުރިކަމުގެ ތުހުމަތު، ރިޔާސީ ކޮމިޝަނުންކޮށްފި

ޗަމްޕާ ބްރަދާސްއިން މަނީލޯންޑަރ ކުރިކަމުގެ ތުހުމަތު، ރިޔާސީ ކޮމިޝަނުންކޮށްފި

Author
މުޙައްމަދު ޖިމީ
15 މެއި 2021 12:45
0

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ޗަންޕާ ބްރަދާސްއަށް، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކޮށް އެކުންފުނިން ޖަވާބުދާރީވުމަށް، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް އުފައްދަވާފައިވާ ކޮމިޝަނުން އަންގައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިކަމަށްވާ ޗަންޕާ ބްރަދާސްއަށް ތުހުމަތުކުރަނީ، އެކުންފުންޏަށް އެސްއޯއެފް އިން 3.5 މިލިއަން ޑޮލަރު (54 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާކަމަށެވެ. ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތަކަށް އެސްއޯއެފް އިން ޑޮލަރުގެ މުއާމަލާތްކޮށްފައިވާއިރު، އެއީ ޑޮލަރު ގަތުމަށް ކޮށްފައިވާ މުއާމަލާތްތަކެއްކަމަށް އެކުންފުނިތަކުން އަންނަނީ ބުނަމުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން، ޗަންޕާ ބްރަދާސްއަށް ފޮނުވި ސިޓީޢެއްގައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ފައިސާއާއި ރިސޯޓުތައް ތަރައްޤީ ކުރުމުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ތަފާތު 5 ފަހަރެއްގެ މަތިން ޗަމްޕާ ބްރަދާރސް ގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ، ޖަމާކޮށްފައިވަނީ ފައިސާގެ އަސްލު އޮޅުވާލައި އެ ފައިސާއާއި ގުޅޭ ކަންކަން ސިއްރު ކުރަމަށް މަސައްކަތް ކުރުމަށް ކަން ތަހުގީގަށް ފާހަގަކުރެވޭކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އެ އަމަލަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ އެކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ކުންފުނިން ކަނޑައަޅައި އެކަން މިދިޔަ މާޗު 15 ކުރިން ކޮމިޝަން އަންގަން އެސިޓީގައި ވަނީ ޗަންޕާ ބްރަދާސްއަށް އަންގާފައެވެ.

މިދިޔަ މަހުގެ 11 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން ޗަންޕާ ބްރަދާސްއަށް ފޮނުވި އެ ސިޓީގައި ސޮއިކޮށްފައިވަނީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުއެވެ.

އެމްއެމްޕީއާރުސީން ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކާއި ފަޅުތަކުން އިކުއިޒޝަން ކޮްޓްގެ ގޮތުގައި ލިބުނު ފައިސާއާއި އެނޫންވެސް ފައިސާގެ ބޮޑޫބައެއް ކުންފުނިތަކުގެ އެކައުންޓަސް ޖަމާކޮށްފައިވާކަން ފާހަގަކޮސް، އެކަމުން މަންފާ ލިބުނު ކުންފުނިތަކާއި މީހުން ހިމެނޭހެން މަޖިލީހުން ވަނީ ލިސްޓެއް އާންމުކޮށްފައެވެ. އެީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިސްޓްކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

ޗަންޕާ ބްރަދާސްއިން އެސެޓް ރިކަވަރީ ކޮމިޝަނަށް ޖަވާބުދެއްވުމަށް އަންގާފައިވާއިރު، ޗަމްޕާ ބްރަދާރސްގެ ހިއްސާދާރުންގެ ގޮތުގައި ތިއްބަވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަދި ހުސެއިން އަފީފް (ޗަމްޕާ) އާއި އެދެބޭފުޅުންގެ ދަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.