ގްރަނާޑާ ކޮޅަށް ލަނޑު ޖެހުމަށްފަހު މޮޑްރިޗް އުފާފާޅުކުރަނީ

ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

ގުޅުންހުރި

ގްރާނާޑާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ގްރަނާޑާގެ މައްޗަށް ކުރި ހޯދާފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ބާކީ އަދި 2 މެޗު ކުރިޔަށް އެބައޮތެވެ. މިހާތަނަށް 36 މެޗު ކޮންމެ ޓީމަކުން ކުޅެފައިވާއިރު ރެއާލް އޮތީ 78 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި 36 މެޗުން ހޯދި 80 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެއެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 76 ޕޮއިންޓާއެކުއެވެ. އަދި ހަތަރު ވަނައިގައި އޮތް ސެވިއްޔާއަށް ލިބެނީ 74 ޕޮއިންޓެއެވެ.

ގްރަނާޑާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗްއެވެ. މީގެ އިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރޮޑްރިގޯއެވެ.

ދެވަނަ ހާފް ފަށައިގެން ގްރަނާޑާއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، މޮލީނާއެވެ. ނަމަވެސް މި ލަނޑު ޖެހިތާ 4 މިނެޓު ފަހުން ރެއާލުން ވަނީ ފުލުފުލުގައި 2 ލަނޑު ޖަހާ ގްރަނާޑާ ސިއްސުވާލާ، މި މެޗުން 3 ޕޮއިންޓް ޔަގީންކޮށްފައެވެ. ރެއާލްގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި އޮޑްރިއޮޒޯލާ ކާމިޔާބުކޮށްދިންއިރު، ހަތަރު ވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކަރީމް ބެންޒެމާއެވެ.

ސްޕެނިޝް ލީީގުގައި ކޮންމެ ޓީމަކަށްވެސް ދެން ބާކީ އޮތީ ދެ މެޗެއެވެ. އެގޮތުން ރެއާލް އަށް އޮތް ދެ މެޗަކީ އަންނަ އާދީއްތަ ދުވަހުގެ ރޭ އެތްލެޓިކް ކްލަބާއި ދެކޮޅަށް ކުޅެން ޖެހޭ މެޗާއި، މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ވިޔަރެއާލް އާއި ދެކޮޅަށް ކުޅެންޖެހޭ މެޗެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ