އެއަރ އެމްބިއުލެންސްގައި ރައީސް ނަޝީދު ފަރުވާއަށް، ޖަރުމަނަށް ފުރައިވަޑައިގެންފި

އެއަރ އެމްބިއުލެންސްގައި ރައީސް ނަޝީދު ފަރުވާއަށް، ޖަރުމަނަށް ފުރައިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
13 މެއި 2021 11:45
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ފުރައިވަޑައިގެންފިއެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ، އެއަރ އެމްބިއުލެންސެއްގައެވެ.

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ވަރަށް ވަރުގަދަ ސެކިއުރިޓީއަކާއެކުއެވެ. އެގޮތުން އެމަނިކުފާނު ފުރާވަޑައިގަތުމުގެ މާކުރިން އޭޑީކޭ ހޮސްޕިޓަލުން ފެށިގެން މާލޭގެ ބައެއް މަގުތަކާއި ބްރިޖާއި، އެއަރޕޯޓް ސަރަހައްދުގައި ސަލާމަތީ ޚިދުމަތްތަކުން ގެންދިޔައީ ފޯރިމަރަމުންނެވެ. އެގޮތުން ސެކިއުރިޓީ އުޅަނދުތަކާއި، ހަތިޔާރާއެކު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ.

މިއީ ފަހަކަށް އައިސް މިހާ ވަރުގަދަ ސެކިއުރޓީއެއް ރާއްޖޭގެ އިސް ބޭފުޅަކަށް ހަމަޖައްސައިދެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުރަތަމަފަހަރަށް ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވަނީ ސިއްޙީ ދާއރާއަށާއި، ސިއްޙީ ޚިދުމަތްތެރިނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދުގެ ހާލަުކޮޅު މިހާރު ރަނގަޅުވަމުން އަންނައިރު، ހަމަލާއާއި ގުޅިގެން އެަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނިއިރު ހާލަުކޮޅު ވަރަށް ސީރިއަސްކަމަށާއި، އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާކަމަށް، ރައީސް ނަޝީދަސް ފަރުވާދެއްވ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.