މަޝްހޫރު ކުރެހުންތެރިޔާ އަދި ފީނުމުގެ ދާއިރާއިން ރާއްޖޭގައި ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށްވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވެއްޖެއެވެ.
ސަރުކާރު ދޮންމަނިކު އަވަހާރަވީ ފަތިހު އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވީއިރު ޢުމުރުފުަޅަކީ 93 އަހަރުފުޅެވެ. ސަރުދާރު ދޮންމަނިކަށް މިދިޔަ އަހަރު ކޯވިޑް ޖެހިގެން ފަރުވާ ދެވިފައިވެއެވެ. އެމަނިކުފާނުގެ މައްޗަށްކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
Sarudhaaru Dhonmaniku avahaaravejje. Maaiy Allah maruhoomah suvarugeyge dhaaimee niumaiy minvaru kuravvaashi. Aameen! pic.twitter.com/JtBysoYJsB
— Intey2020 (@intey2020) May 13, 2021
ދޮންމަނިކު އަވަހާރަވިއިރު އަށް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. ދޮންމަނިކުގެ ބޭފުޅުންގެ ތެރޭގައި، ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު އާއި މަޝްހޫރު ކުރެހުންތެރިޔާ އަހުމަދު ޝުވޭބު ހިމެނެއެވެ.

ސަރުދާރު ދޮންމަނިކަކީ 1950 ގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުރެހުންތެރިޔާއެވެ. އެމަނިކުފާނަށް 1996 ވަނަ އަހަރު ކުރެހުންތެރިކަމުގެ ރޮނގުން، ދިވެހި ސަރުކާރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންފައިވެއެވެ.

މިހާރު ބޭނުންކުރާ ދައުލަތުގެ ނިޝާންގެ އަސްލު ކުރެއްސެވީ ވެސް ދޮންމަނިކާއި އެހެން ކުރެހުންތެރިއަކާއި ގުޅިގެންނެވެ.
ރާއްޖޭގައި ސްޓެންސިލުން ޗާޕުކޮށްގެން ނޫސްމަޖައްލާތައް ނެރުނު ޒަމާނުގައި ނޫސް މަޖައްލާތަކުގައި އިލަސްޓްރޭޝަންތައް ކުރެއްސަވާފައިވަނީ ސަރުދާރު ދޮންމަނިކެވެ. މީގެ އިތުރުން އެދުވަސްވަރު ނެރުނު ސްޓޭމްތަކުގެ އާޓްވޯކް ކުރުއްސެވި ސަރުދާރު ދޮންމަނިކަކީ،މާލޭގައި އެކި މުނާސަބުތަކަށް ތައްޔާރުކުރި ގިޑިގެތައް ހެދުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުލެކެވެ.
މާތްﷲ ދޮންމަނިކުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރކަން ދެއްވާށި!
ކޮމެންޓު ފޮނުވާ