އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާ ކުރިޔަށް ދަނީ

ގާޒާގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާ ބާއްވައިފި، އިސްރާއީލުގެ އުދުވާން ކުރިޔަށް

ގާޒާގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާ ބާއްވައިފި، އިސްރާއީލުގެ އުދުވާން ކުރިޔަށް

ގާޒާއިން ޖެރޫސެލަމްއަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދިނުމާއި ގުޅިގެން، އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 24 މީހަކު ޝަހީދުވެއްޖެއެވެ. ޝަހީދުވި ފަލަސްތީން ރައްޔިތުންގެ ތެރޭގައި 9 ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާއަށް އަމާޒުކޮށް މިއަދުވެސް ހަމަލާ ދެމުންދާއިރު، ފަލަސްތިނުގައި ވަނީ މިއަދު ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނޒާ ގާޒާގއި ބާއްވާފައެވެ.

ގާޒާގެ ހެލްތު އޮތޯރިޓީތަކުން ބުނެފައިވަނީ، ރޭގެ ދަންވަރުގެ ވަގުތުތަކުގައި ގާޒާއަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާތަކުގައި ފަލަސްތީނުގެ 24 މީހަކު ޝަހީދު ވެފައިވާއިރު، މިއަދު ހެނދުނު ދިން ހަމަލާތަކުގައި އިތުރު 2 މީހަކު ވަނީ ޝަހީދު ވެފައެވެ.

ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައި މިވަނީ، ފާއިތުވެދިޔަ ހަފްތާތަކުގައި އަލް-އަގްސާ މިސްކިތުގައި ހިގަމުންދިޔަ ހަމަނުޖެހުންތަކަށްފަހު، އިސްރާއީލުގެ ސެކިއުރިޓީ ފޯސްތަކުން އަލް-އަގުސާ މިސްކިތް ދޫކޮށް ދިއުމަށް، ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސްގެ އިސްވެރިން އިސްރާއިލަށް ދިން މުހުލަތު ފާއިތުވެގެން ދިއުމަށް ފަހުއެވެ.

އިސްރާއީލު ސިފައިން ދަނީ، ރޯދަމަހުގެ ފަހު ދިހައިގައި އަލް-އަގްސާ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ފާއިތުވެދިޔަ ހަފްތާއިން ފެށިގެން، ރަބަރު ވަޒަނާއި ސްޓަން ގްރިނޭޑްއާއި އަދި ކަރުނަ ގޭސް ބޭނުން ކޮށްގެން ހަމަލާ ދެމުންނެވެ.

އިސްރާއީލު ސިފައިންނާ ފަލަސްތީނު ރައްޔިތުންނާ ދެމެދު، ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ ފަލަސްތީނުގެ 700 ރައްޔިތުން ޒަޚަމް ވެފައެވެ.

މުސްލިމުންގެ އެންމެ ބަރާކާތްތެރި އެއް މައްސަރުކަމުގައިވާ ރޯދަ މަހު، ހަމަ ނުޖެހުން ހިގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި، ޝެއިޚް ޖައްރާއާއި، އަރަބި-އިސްރައީލު މީހުން ދިރިއުޅެމުންދާ އަވަށެއް ކަމުގައިވާ ހައިފާވެސް ހިމެނެއެވެ.

މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ، 1967ގެ ހަގުރާމާގައި އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލުން ފެށުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *