ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަކީ އެންމެ ރަނގަޅަށް ކޯވިޑް މެނޭޖް ކުރަމުންދިޔަ އެއްޤައުމެވެ. ކޯވިޑް ބަލި ރާއްޖެއިން އެންމެ ފުރަތަމަ ދުވަހު ފެނުނު ހިސާބުން ފެށިގެން އަހރއްހާ ދުވަހު ވަރަށް ރަނގަޅަށް ވަނީ ކޯވިޑް މެނޭޖްކޮށްފައެވެ. ބަލި އިތުރުވެ ބަލިޖެހޭ މީހުންގެ އަދަދު އުފުލޭ ކޮންމެ ފަހަރަކު ފިޔަވަޅުތައް ހަރުކަށިކޮށް، ރައްކާތެރިކަމަށް ވަނީ އިސްކަން ދެއްވާފައެވެ.
ނަމަވެސް ފާއިތުވެގެން މިދިޔަ މަހައާއި މިމަހުގެ މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުފުލި ރެކޯޑް މިންވަރަށް ބަލިޖެހޭ މީހުންއަދަދު ވަނީ އުފުލިފައެވެ. ނަމަވެސް އިއްޔެއާއި ހަމަޔަށްވެސް މިކަމުގައި އެއްވެސް އަޅާލުމެއްނެތި ކަމާއިބެހޭ ފަރާތްތަކުން އޮތީ ހަމަ ހިމޭނުންނެވެ. ޚާއްސަކޮށް އަވަށްޓެރި އިންޑިޔާގައި އެއްވެސް ކޮންޓްރޯލެއްނެތި ބަލިފެތުރި މަރުވާ މީހުންގެ އަދަދު ރެކޯޑު މިންވަރަށް އުފުލިގެންދިޔައިރުވެސް ރާއްޖެއިން އެއްވެސް ފިޔަވަޅެއް ދުރާލައި ނުނެގީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.
އިންޑިޔާގައި ފެތުރެމުންދާ ވޭރިއަންޓަކީ މިހާތަަނަށް ކޮން ވައްތަރެއްގެ ވޭރިއަންޓެއްކަން ދެނެ ނުގަނެވުމަކީ ރާއްޖެއަށް މިކަމުގެ ނުރައްކާ އޮތް ކަމެކެވެ. ޚާއްސަކޮށް އިންޑިޔާއިން އެކި ޤައުމުތަކަށް ދަތުރުކުރާ މީހުންގެ ކަރަންޓީން ފެސިލީޓަކަށް ރާއްޖޭގެ ރަށްތައް ހެދުމަކީ ބަލީގެ ނުރައްކާ ރާއްޖެއަށް ބޮޑުވި އެއްސަބަބު ގޮތުގައި ބައެއް ރައްޔިތުން ފާހަގަކުރެއެވެ.
ރާއްޖޭގެ ހާލަތު ގޯސްވެ ނުރައްކަލުގެ ރަނގަބީލު އަޅަން ފަށާފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ފަރުވާދޭނެ ރަނގަޅު ވަސީލްތަތަކެއް ނެތްވާހަކަ އެރަށްތަކުގެ ރައްޔިތުން ދިޔައީ ހުއްޓުމެއްނެތި ފާހަގަ ކުރަމުންވެ. އއ.މަތިވެރިއާއި، ޅ.ނައިފަރާއި، ކ.ހިންމަފުއްޓާއި، މިނޫންވެސް އެތައް ރަށެއްގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތުމާއި، ބަލީގެ ނުރައްކާ ހާލަތަކަށް ގޮސްފިނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމުގެ ވާހަަކަ އެރަށްތަކުގެ ރަށްޔިތުން ދިޔައީ ދައްކަމުންނެވެ.
މަތިވެރީގައި އެންމެ ޑޮކްޓަރެއް، ބަލީގެ ނުރައްކާ އިންތިހާއަށް، ސަރުކާރުގެ އަޅާލުމެއްނެތް!
މާލެ ސިޓީއަކީ ފެށުނީއްސުރެ ކޯވިޑްގައި މުޖުތަމުގެ ބަލި އޮތް ތަނެއްކަމަށް ކަނޑައަޅައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ސިޓީއެކެވެ. ނަމަވެސް މިއަދު މާލެ ސިޓީއެކޭ އެއްފަދައިން މިއަދު މުޖުތަމައުގައި ބަލީގެ ނުރައްކާ ބޮޑު ރައްތަށް މަދެއް ނޫނެވެ. ކަންކަން މެނޭޖެ ނުވެ ގޮސްދާނެކަމުގެ ބިރު މިއަދު ކަމާއިބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ. މިކަންކަމުގައި ހަމައެކަނި ރައްޔިތުން އަތާއި ފައި ދޮވެ މާސްކު އެޅުމަކުން ހައްލެއް ނުލިބޭނެކަން ބަލި ފެތުރޭ މިންވަރަށް ބަލާއިރު ހާމަވެއެވެ.
ބަލިމިހާވަރަށް ފެތުރި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 170 އިން މަތީގައިވާއިރު، ފަރުވާދޭ މީހުންގެ އަަދަދު އުޅެނީ 5،000 އަށްވުރެ މަތީގައެވެ. މިއީ ރާއްޖެފަދަ ވަސީލަތްމަދު ޤައުމަކަށް މެނޭޖް ކުރެވޭނެ އަދަދެއްތޯ މިއަދު މިވަނީ ސުވާލު އުފެދިއެވެ. ހާލަރު އިންތިހާއަށް ގޯސްވެ ޕޮޒިޓިވް އަދަދު އިތުރުވެ މިކަމުގެ ކަންބޮޑުވުން ވަކިވަކި ޑޮކްޓަރުންނާއި ރާއްޖޭގެ ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުންވެސް ފާޅުކޮށް ފިޔަވަޅު ހަރުކަށި ކުރަން ދެންނެވި ނަމަވެސް އެކަމަށް ސަރުކާރުންވެސް އަދި ކަމައި ބެހޭ އެއްވެސް ފަރާތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ބަލީގެ ކޮންޓްރޯލް ނެއްޓި، ފާލުން ނެއްޓޭ ހިސާބަށް ދިއުމުން އެއްދުވަހުން ކުރެވުނު މަޝްވަރާތަކެއްގެ މައްޗަށް ކުއްލި ފިޔަވަޅުތައް އެޅުމަކީ މިއަދު އޮތް ހައްލެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއީ މިއަށްވުރެ މާބޮޑަށް ސީރިއަސްކޮށް ވިސްނައި، ރަނގަޅު ދިރާސާތަކެއްގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ ކުރިން ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދެމުން ދިޔަ ނަމަވެސް މިއަދު ސުވާލަކީ މީގެ ކުރިން އެކަންކަން ހިއްސާ ކުރެއްވި ބޭފުޅުން ކުއްލިއަކަށް ގެއްލުނީ ކީއްވެ ބާއެވެ.
ކޯވިޑްގެ ނުރައްކާ ބޮޑުވެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔައިރުވެސް ރައްޔިތުންގެ ހިތުގައި އޮތް ސުވާލަކީ މިހާވަރަށް ހާލަތު ގޯސްވާން ސަރުކާރުން ދޫކޮށްލީ ކީއްވެތޯއެވެ. މިބައްޔަކީ ނުރައްކާތެރި ބައްޔެއްކަން ސާފުކޮށް އެގޭއިރު މިހާބޮޑަށް ދޫކޮށްލީ ކީއްވެގެތޯއެވެ.
2 Responses
Hatharu wekusinjehiyas karanteenu kuranjehey eey ehenmeehunge rakkalah
ށަރުކާރުގެ ޥެރިން ބޭނުންވީ ވޯޓުން ހޯމްވޯކް ހައްދަން ނޫންތޯ؟މިއޮތީ ޙޯމްވޯކްހެއްދިފައި! ދިވެހި ގިނަ ގުނބޯލުން ދެން އަތްޖަހަޖަހާ ޓިބެންވީނުން އަމިއްލައިން ސަނދޯއް ޖަހަިގެން، އޭރުންތާ ޖަމާއަތްތެރިންނަށް ފަސޭހަވާނީ! މި ޢޮތީ އިންތިޚާބު ބޭއްވިފައި!އެހެންވީމާ ބުނަން ޢޮތީ ، ސާބަހޭ ސާބަހޭ ބޮޑުވަޒީރަށް!