މިރޭ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަހު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނި

މިރޭ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަހު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނި

Author
މުޙައްމަދު ޝަޒައިމް
03 މެއި 2021 02:05
0

މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ރޭ ވެކްސިން ޖެހުން މެދުކަނޑާލި އިރު، ވަރަށް ގިނަ ބަޔަކު ކިޔޫގައި ތިއްބެ ވެކްސިން ނުޖެހި ދިއުމުން އެކަމާއި ގިނަ ބަޔަކު ނުރުހުން ފާޅު ކޮށްފައި ވަނިކޮށެވެ. ރޭގައި ބައެއް މީހުން ހިތްހަމަނުޖެހިގެން ސޯޝަލް ސެންޓަރު ތެރެއަށް ވަންނަން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު ސޯޝަލް ސެންޓަރުގެ ދޮރުތައް ކައިރީގައި ފުލުހުން ތިބީ ތައްޔާރީ ހާލަތުގައެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން، މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމައެކަނި ފެބްރުއަރީމަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށެވެ. އަދި ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.