އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލް ނުނިމި ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ބުނެފިއެވެ.
ޖުޑީޝަރީ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހަށް ފޮނުވާފައިވާ މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްވާތީ ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް ވާހަކަ ދެއްކެވުމުން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީން ވަނީ އަފީފްގެ ވާހަތަކަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ.
އިމްތިޔާޒް ވިދާޅުވީ އެ ބިލް މިދިޔަ އަހަރު ފެބްރުއަރީ މަހު ފޮނުވާފައި އޮތް ނަމަވެސް ބިލް ދިރާސާކުރަމުން ދަނިކޮށް ފޮނުވި ބިލަކީ ރަނގަޅު ވާޝަނެެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހު ބިލް ފޮނުވުއިރު ފޮނުވީ ފުރަތަމަ ބާބާއި ދެވަނަ ބާބު ކަމަށާއި އޭގެ ފަހުން ބިލަށް ހިޔާލު ފާޅުކުރަން ހުޅުވާލާ އޮކްޓޫބަރު މަހާ ހަމައަށްވެސް ޖުމްލަ ބިލް ނުފޮނުވާ ކަމަށެވެ.
ބިލް އަލުން ފުރިހަމަކޮށް ހުރިހާ ބާބުތަކެއް ހިމެނޭ ގޮތަށް ބިލް މަޖިލީހަށް ލިބުނު ކަމަށް އިމްތިޔާޒް ވިދާޅުވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ.
އަޅުގަނޑުމެން ބަލައެއް ނުގަންނަން އެ ވާހަކަތައް. މިގޮތަށް ބައިބަޔަށް ވަކި ވަކި ޗެޕްޓާތަކަށް ބިލް ފޮނުވީމަަވެސް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ދިރާސާކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ. މިއީ ބިލްތައް ފޮނުވަން ޖެހޭނެ ގޮތްކަމަށް ގަބޫލެއް ނުކުރެވޭ.
– އިންތި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު، އެ ދައުރުގެ ތެރޭ ފޮނުވަން ސަރުކާރުން ބުނެފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، ގާނޫނީ އެހީތެރިކަމުގެ ބިލް ނުފޮނުވާ އޮތްކަން އިންތި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގެ ގިނަ ބިލްތައް ފޮނުވުން ލަސްވާތީ ޖުޑީޝަރީ ކޮމިޓީގެ ކަންބޮޑުވުން އޮތް އިރު، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ބިލް ލަސްވުމާ މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ އެ ކަން އެ ގޮތަށް ހިނގާނެ ކަމަށް ޤަަބޫލު ކުރައްވާ ކަމަށެވެ. ގާނޫނުތަކާއި ގާނޫނު އަސާސީއަށް އިސްލާހުތައް ގެންނަނީ ވަކި ތަރުތީބެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ