ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަ ބަލަން އުފެއްދި ކޮމިޝަންތަކާއި، ވައްކަމުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނަތަކަށް އެކަށީގެންވާ މަސައްކަތް ނުކުރެވިދަނީ މަޖިލިސްގެ ސަބަބުންތޯ އަހުމަދު އަބްދުﷲ އަފީފް އާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު ކުރައްވައިފިއެވެ.
ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ބާތިލުކުރުމުން ލިބޭ ގެއްލުމުގެ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް ހުރަސްއެޅެނީ މަޖިލީހުގެ މަސައްކަތްތައް ލަސްވުމުން ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަހްމަދު އަފީފް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެ ދެއްކެވި ވާހަކަތަށް ރައްދު ދެއްވައި ވައްޑެ ވިދާޅުވީ މަރުތަކަށް އިންސާފު ނުލިބި ވައްކަން ނުބެލި ދަނީ މަޖިލިސްގެ ސަބަބުންތޯ ސުވާލު އުފައްދާފައެވެ.
ވައްޑެ ވިދާޅުވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދުމަަށާއި، ރާއްޖޭގައި ހިންގާފައިވާ ވައްކަންތައް ބަލަން މަޖިލީހުން ސަރުކާރުން ބޭނުންވިހާ ޤާނޫނެއް ހަދައިދިން ކަމަށެވެ. ނަމަވެސް ސަރުކާރަށް އެމައްސަލަތައް ނުބެލި އިންސާފު ޤާއިމް ނުވެގެން އުޅެނީ ކީއްވެތޯ ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.
މަރުތަކަށް އިންސާފު ހޯދާށާއި، އެމްއެމްޕީއާރުސީ ވައްކަން ބަލަން އުފެއްދި ކޮމިޝަންތަކަށް، ތިބޭފުޅުން އެދުނުހާ ބާރެއް ދިންތާ 2 އަހަރު ވަނީ. ނުބެލި ލަސްވަނީ ހަމަ މަޖިލިސް އާއި ހެދިތޯ؟
– ވައްޑެ ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަހްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ އެ ބާވަތުގެ މައްސަލަތަކުގައި ދެފުއްފެންނަ ގޮތެއްގައި އެންމެ އިންސާފުވެރިކޮށް އެކަން ކުރެވޭނީ އެކަމާއި ގުޅޭ ގާނޫނެއް އޮވެގެން ކަމަށެވެ.
އަފީފް ވިދާޅުވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެބިލު އަދިވެސް އޮތީ މަޖިލީހުގެ ކޮމެޓީއެއްގައި ކަމަށާއި އެހެންކަމުން އެހާ ގިނަ ދުވަސްވެގެންދާއިރު އެބިލު ގާނޫނަކަށް ވެފައި ނުވާތީ އެއީ އިންސާފު ލިބިިދިނުމުގައި ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަފީފް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި އެއްވެސް ސަބަބެއްނެތި ސަބަބެއް ނުވެސް ދައްކާ ގިނަ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ވަރަށް ގިނަ އެއްބަސްވުންތައް ބާތިލުކޮށްފަ އެބަހުރިކަމަށް އަފީފް ވިދާޅުވިއެވެ. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް އެ ގެއްލުންތަކަށް ބަދަލުދޭނަން ކަމަށް ބުނެ އާ ސަރުކާރަކީ މި ސަރުކާރު އެކަނި ކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ އެގޮތައް އެ މަަސައްކަތް ފެއްޓެވީވެސް ރައީސް ސޯލިހްގެ ސަރުކާރުން ކަމަށެއެވެ.
ކޮމެންޓު ފޮނުވާ