މަތިވެރިން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 219 އަށް

މަތިވެރިން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 219 އަށް

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 08:38
0

ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަތިވެރިން މިއަދު 9 މީހުން ޕޮޒިޓިވް ވެފައިވާއިރު ނަތީޖާ ނުލިބި 30 ސާމްޕަލެއް ވެއެވެ. މިއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 219 އަށް އަރާފައެވެ. އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މިވަގުތު ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތް އެއްރަށަކީވެސް މަތިވެރިއެވެ.

މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.

މަތިވެރިން މިފަހުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަދި އެއްވެސް މީހަކު ރަނގަޅު ވެފައި ނުވެއެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.