ވެރިކަމާއި ސުޕަމެޖޯރިޓީ ދީގެންވެސް ފުލުހުންގެ މުއައްސަސާ ހަމަޔަކަށް ނޭޅުވުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާލުވެއްޖެެއެވެ.
ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަމަލުކޮށްފައިވާ ގޮތަށް އާންމުގެ ފާޑުކިޔުން އަމާޒުވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ސިރާޖު ވިދާޅުވީ ރައްޔިތުން ވެރިކަމާއި ސްޕަރ މެޖޯރިޓީ ދިނުމުންވެސް ފުލުސް އޮފީސް ހަމައަކަށް ނޭޅުވި އޮތުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ.
ފުލުހުންގެ މުއައްސަސާގައި ތިއްބެވި ޔުނިފޯމް އެޅި ފުލުހުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހިންގާ ފުލުހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅިގެން ކަމަށާއި، އެކަން ނުކުރެވޭ ކަމުގައިވާނަމަ މުއްއަސަސާ ހަރުދަނާވެ ރަނގަޅު ވެގެން ނުދާނެކަމަށް ސިރާޖު ވިދާޅުވިއެވެ.
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވޭނީ ޙާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ފުލުހުންނަށާއި އެފުލުހުންނަށް އަމަރު ކުރާ ފުލުހުންނަށް ފިޔަވަޅު އެޅިގެން. ރައްޔިތުން ވެރިކަމާއި ސްޕަރ މެޖޯރިޓީ ދިނުމުންވެސް ފުލުސް އޮފީސް ހަމައަކަށް ނޭޅުވި އޮތުމަކީ ލަދުގަންނަންޖެހޭ ކަމެއް.
– ސިރާޖު ވިދާޅުވިއެވެ.
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވޭނީ ޙާލަތާ ނުބައްދަލު ބާރު ބޭނުންކުރާ ފުލުހުންނަށާއި އެފުލުހުންނަށް އަމަރު ކުރާ ފުލުހުންނަށް ފިޔަވަޅު އެޅިގެން.
ރައްޔިތުން ވެރިކަމާއި ސްޕަރ މެޖޯރިޓީ ދިނުމުންވެސް ފުލުސް އޮފީސް ހަމައަކަށް ނޭޅުވި އޮތުމަކީ ލަދުގަންނަންޖެހޭ ކަމެއް. pic.twitter.com/YRSiKwCtWL
— Moosa Siraj (@MoosesSiraj) May 2, 2021
ރޭގެ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ވަނީ ދުރުކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުންވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.
މިމައްސަލަ ހިއުމަންރައިޓް ކޮމިޝަނުންނާއި، ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ