ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި ހިންގި ބަޣާވާތުގެ ތެރޭގައި އެއްވެސް ދައުރެއް އޮތްކަން ސާބިތު ކޮށްފެއްވައިފިނަމަ މެމްބަރު އިންތިއަށް 10 މިލިޔަން ޑޮލަރު ދެއްވާނެކަމަށް މެލޭޝިޔާގެ ހައިކޮމިޝަންގެ ސިޔާސީ ވަޒީފާއެއްގައި އުޅުއްވާ އެމްޑީޕީގެ އިސްބޭ އެކްޓިވިސްޓެއް ކަމުގައިވާ ބަދުރުއްދީން ވިދާޅުވެއްޖެއެވެ.
އިންތިއާއި، ބަދުރުއްދީންއާއި ދެބޭފުޅުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން، ޒުވާބު ހޫނުވެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުން ގޮސް އިންތިވަނީ، ބަދުރުއްދީނަކީ ބަޢާވާތް ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. އަދި ބަޣާވާތަށްފަހު އެބުރި އަނެއްކާވެސް އެމްޑީޕީގެ ވެރިކަން ލިބުމުން ކުލަބަދަލުކޮށް ވަޒީފާއެއް ހޯދައިގެން އުޅުމަކީ އޭނާގެ ރައްޓިހިން އުޅޭ ގޮތެއް ނޫންކަމަށް ބުނެފައެވެ.
އިންތިގެ ރައްޓިހިންނަކީ ބޯވަ ތަކެއްނޫން. ބަޣާވާތް ކުރުމުގައި އުޅެފައި އައިސް ކުލަ ބަދަލުކޮށް ސަރުކާރުގެ ވަޒީފާ ހޯދައިގެން އުޅޭ ބައެއްނޫން އެގިއްޖެ! އެއީ ނަފްސު ވަރުގަދަ ފުރިހަމަ ނިނިވަނުން.
– އިންތި ވިދާޅުވެފައިވެއެވެ.
Thimaa ah heevaakahala thimaa mihuree sidhurathul munthahaaga ey! Ehenekey kiyaafa anekaage boluga ehves hehkeh nethi badhnaam eh neylhuveyne! Alhugandu baqaawaaiy kurumugai ulhunu nama manikfaan ves ulhuhvvi baqaawaaiy kurumugai! @Imthiyazfahmy pic.twitter.com/6NLgdRC3S9
— Badr' (@Badruddeen) April 30, 2021
އިންތިގެ ވާހަތަކާއި ގުޅިގެން ބަދުރުވަނީ އެވާހަތަކަށް ރައްދު ދެއްވާފައެވެ. ބަދުރު ވަނީ އިންތި އޭނާ ބަޣާވާތް ކުރިކަން ސާބިތުކޮށް ދެއްވައިފިނަމަ 10 މިލިޔަން ޑޮލަރު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިއަށް މަޖިލިސް މެމްބަރުކަން ލިބުމުން ތިމާއަށް މިހުރެވެނީ ސިދުރަތުލް މުންތަހާގައިކަމަށް ހީވެގެން އުޅުއްވާކަމަށް ބަދުރު ވަނީ ވިދާޅުވެފައެވެ.
ތިމާއަށް ހީވާކަހަލަ ތިމާ މިހުތީ ސިދުރަތުލް މުންތަހާގައޭ! އެހެންނެކޭ ކިޔާފައި އަނެކާގެ ބޮލުގައި އެއްވެސް ހެއްކެތް ނެތި ބަދުނާމުއެއް ނޭޅުވޭނެ! އަޅުގަނޑު ބަޣާވާތް ކުރުމުގައި އުޅުނު ނަމަ މަނިކުފާނުވެސް އުޅުއްވި ބަޣާވާތް ކުރުމުގައި. އަޅުގަނޑު ބަޣާވާތް ކުރިކަމުގައި އުޅުނުކަން މަނިކުފާނު ސާބިތުކޮށް ދެއްވައިނަމަ މަނިކުފާނަށް 10 މިލިޔަން ޑޮލަރު ދޭނަން.
– ބަދުރުއްދީން ދިން ރައްދުގައި ވިދާޅުވެފައިވެއެވެ.
ފަހަކަށް އައިސް އެމްޑީޕީގެ އިސްސަރުފައި ހަރަކާތްތެރިވާ ބޭފުޅުންގެ މެދުގައި މިފަދަ ޒުވާބުތައް ދަނީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ދެމެދުގައި އޮތް ސިޔާސީ ވާދަވެރިކަމެއްގެ ސަބަބުންކަމުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންވައިގެން ކުރައްވާ މަސައްކަތަށް އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ރައްދު ދެއްވައި އެކަމަށް ތާއީދު ނުކުރާކަން ހާމަ ކުރަމުންނެވެ.
ބަދުރުއްދީނަކީ، މިސަރުކާރު ވެރިކަމަށް އައުމަށްފަހު، މެލޭޝިއާގަ ހުންނަ ދިވެހި އެމްބަސީން ވަޒީފާ ހަމަޖައްސަވާ ދެއްވާފައި ހުންނަވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ