މާވަށުގެ ހުރިހާ ގޮޑިއެއް ޕީޕީއެމްއިން ކާމިޔާބުކޮށް، މާވަށުން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ.
މިއަދު ބޭއްވި ދެވަނަ ބުރުގެ މާވަށުގެ އިންތިޚާބުގައި މާވަށު ކައުންސިލް ރައީސްގެ މަޤާމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި އަހުމަދު މޫސާ ގޮޑި ކާމިޔާބު ކުރެއްވީ 26 ވޯޓުގެ ތަފާތަކުންނެވެ. އަދި މައްސަލަ ޖެހުނު ކައުންސިލް މެމްބަރުކަމުގެ ގޮޑި ޕީޕީމްގެ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރު ކާމިޔާބު ކުރެއްވީ 11 ވޯޓުގެ ތަފާތަކުންނެވެ.
މަތީޖާއާއިއެކު މާވަށު ކައުންސިލްގެ ތަސް ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 5 ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. މިއީ މާވަށުގެ ސައްތައިން ސައްތަ ސަރުކާރަށް ނޫނެކޭ ބުނުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
މިނަތީޖާއާއިއެކު މާވަށުގެ އިތުރުން ޕީޕީއެމްގެ މައި އޮފީހުގައިވެސް މިކާޔާބީގެ އުފާދަނި ފާހަގަ ކުރަމުންނެވެ. ޚާއްސަކޮށް ދެވަނަ ފަހަރަށް މައްސަލަ ޖައްސައިގެން އިންތިޚާބު ބޭއްވުމުންވެސް ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒު ބޭނުންކުރުމުންވެސް މާވަށުން ސަރުކާރަށް ނޫނެކޭ ބުނިކަމީ ރައްޔިތުން ސަރުކާރާއިމެދު ނުރުހޭ މިންވަރު ހާމަވާ ކަމެއްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ