ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާ ޑީޕޯޓްކޮށްލައިފި

ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާ ޑީޕޯޓްކޮށްލައިފި

Author
މުޙައްމަދު ޖިމީ
19 އޮކްޓޯބަރ 2020 05:44
0

މާލޭގެ މަގެއްގެ މަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓްކޮށްލައިފިއެވެ.

މިމަހުގެ ދެވަނަ ދުވަހު އަބަދަށްފެހި މަގުގައި މަސްތުވެގެންހުރި ހާލުގައި ދީނަށް ފުރައްސާރަކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ އިންޑިއާ ޑޮކްޓަރެކެވެ. މިމައްސަލާގައި އޭނާ ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ކޯޓުން އޭނަގެ ބަންދު އިތުރުކޮށް ނުދިނުމުގެ ސަބަބުން އޭނާ ދޫކޮށްލިނަމަވެސް އެމައްސަލަ ތަޙްގީގްކުރަމުން އަންނަކަން އެއިރު ފުލުހުން ހާމަކޮށްފައިވެއެވެ.

އޭނާ އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި ވަރަށް ގިނަ ބައެއްގެ ފާޑުކިއުންވެސް އަމާޒުވެގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.