އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަދި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން

ސައުތެމްޓަން ބަލިކޮށް ޓޮޓެންހަމުން ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އައުކޮށްފި

ސައުތެމްޓަން ބަލިކޮށް ޓޮޓެންހަމުން ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އައުކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން ބަލިކޮށް ޓޮޓެންހަމުން ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އައުކޮށްފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތެމްޓަނުންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ މި ލަނޑާއެކު ސައުތެމްޓަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ޓޮޓެންހަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ގެރެތް ބޭލް ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ޓޮޓެންހަމް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ، ސޮން ހުއެން-މިންއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބުނު 53 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. މި މެޗުން ބަލިވި ސައުތެމްޓަނަށް ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވަނީ 36 ޕޮއިންޓްއެވެ. އެޓީމު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *