އޭދަފުށިން ޕޮޒިޓިވި ޢަދަދު 6 އަކަށް، ރަށް މޮނިޓަރިންގަ

އޭދަފުށިން ޕޮޒިޓިވި ޢަދަދު 6 އަކަށް، ރަށް މޮނިޓަރިންގަ

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2021 11:26
0

ބ.އޭދަފުށިން ބަޔަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އޭދަފުށި މޮނިޓަރިންނަށް ލާފައިވަނީ އިއްޔެ ރޯގާގެ ޢަލާމާތްތައް ހުރެގެން އެރަށު ފުލޫކުލްނިކަށް ދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށުން އެންމެ ފުރަތަމަ  ޕޮޒިޓިވްވެފައިވަނީ އަންހެނެކެވެ. އެއަންހެން މީހާ މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. އޭދަފުށިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ހައަކަށް މިހާރު ވަނީ އަރާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޯވިޑް ކޭސްތަކެއް ފެނި އޭދަފުށި މޮނިޓަރިންއަށްލައިރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން  އެރަށު ސްކޫލްގެ ކިޔެވުން ގްރޭޑް 9އިން ފެށިގެން މަތީގެ ދަރިވަރުންނަށް އެކަނި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމަށާ، ޒަރޫރީ ބޭނުންތަކުގައިވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތަށް ނަމާދަށް ދާއިރު އަމިއްލަ މުސައްލަ ގެންދިއުމަށާއި ގެއިން ވުޟޫކޮށްގެން މިސްކިތައް ދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެރަށް އަރައި ފޭނުންވެސް ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.