ހެކި ނެތްކަމަށްބުނެ ފަޒީލްގެ މައްސަލަ ފައިލްކޮށްފި

ހެކި ނެތްކަމަށްބުނެ ފަޒީލްގެ މައްސަލަ ފައިލްކޮށްފި

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2021 11:07
0

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އަޙުމަދު ފަޒީލްގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ހެކި ނެތްކަމަށްބުނެ ފުލުހުން އެ މައްސަލަ ފައިލްކޮށްފިއެވެ.

ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން  އޮޅިގެން ކަމަށް ބުނެ އަންހެން ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުންވެސް ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުގައި ހިމެނެއެވެ. ފަޒީލްގެ މައްޗަށް ކޮށްފައިވާ އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ މަޤާމުން ސަސްޕެންޑްކޮށްފައެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެމައްސަލަ ފައިލްކޮށްފައިވާކަމަށެވެ.

ފަޒީލްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީލްއަކީ މަޤާމުން ސަސްޕެންޑްކޮށްފައިވާއިރު، އެމައްސަލަ ބަލައިނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް. އެމް..އާރު.އެމްއިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

އެމްއާރުއެމުން ބުނެފައިވަނީ އެޕާޓީގެ މަޤާމެއްގައި ހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެމައްސަލަ އެޕާޓީންވެސް ބަލަމުންދާކަމަށެވެ. އެމައްސަލަ ބަލާ ނިމެންދެން ޕާޓީގެ ހަރަކާތްތަކުންވެސް އޭނާ އެކަހެރި ކުރެވިފައިވާކަމަށް އެމްއާރުއެމްއިން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.