މި ސީޒަނަށް ފަހު ބަޔާން މިޔުނިކުގެ ކޯޗްކަން ދޫކޮށްލަން، ހަންސީ ފްލިކް ނިންމައިފި އެވެ.
މިދިޔަ ސީޒަންގައި އޭނާ ވަނީ، ބަޔާނަށް ސީޒަނުގެ ތިން ތަށި ކާމިޔާބު ކޮށްދީފަ އެވެ. ޕީއެސްޖީ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުން އުފުލާލި ޓީމު މި ސީޒަންގައި ކުއާޓާ ފައިނަލުން ކެޓީ ޕީއެސްޖީ އަތުން ބަލިވުމުންނެވެ. މިދިޔަ ސީޒަނުގައި ބަޔާންއާ އެކު ކޮންޓްރެކްޓް ހެދި ފްލިކުގެ ކޮންޓްރެކްޓް ހަމަވާން ދެ އަހަރު އަދި އެބައޮތެވެ. ވުލްފްސްބާގުގެ މައްޗަށް ރޭ ހޯދި މޮޅަށް ފަހު، ފްލިކް ބުނީ، ބަޔާން ދޫކޮށްލަން އޭނާ ނިންމާފައިވާކަން ކުލަބަށް އަންގާފައި ވާނެ ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރަތަށް ފަހު ޖަރުމަންގެ ކޯޗުކަން ދޫކޮށްލަން މިހާރުގެ ކޯޗު ޔޯކިމް ލޯ ވަނީ ނިންމައިފަ އެވެ. އެއަށް ފަހު ޖަރުމަނުގެ ޓީމާ ފްލިކް ހަވާލު ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓު ފޮނުވާ