ރައީސްގެ ތަޢުޒިޔާ މަރުޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ޢާއިލާއަށް

ރައީސްގެ ތަޢުޒިޔާ މަރުޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ޢާއިލާއަށް

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2021 05:26
0

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމުގެ ހިތާމާގައި މަރްޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަޢުޒިޔާ ވިދާޅުވެއެވެ.

ނާއިލާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އަލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްހުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ދައުލަތަށް ޚާއްސަކޮށް ރާއްޖެ ތައުލީމީ ހަޔާތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭކަނބަލެއް ކަމަށެވެ. ރައީސްވަނީ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، މަރުހޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނުއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އަންހެން ދަރީންނަށް ތަޢްލީމާއި ތަރުބިއްޔަތު ދެއްވުމުގައި ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތްތަކެއް ކުރެއްވި ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމުގެ ހިތާމާގައި މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. ﷲ މަރްޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

– ރައީސް ވިދާޅުވިއެވެ.

ނާއިލާ އިބްރާހިމް ކަލޭފާނަކީ ރާޢްޖޭގެ ތައުލީމީ ހަޔާތުގައި ބޮޑު ހިއްސާއެއް އޮތް ކަނބަލެކެވެ. އެކަމަވާނަި ތައުލީމީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ޤައުމަށް ޚިދުމަތް ކުރައްވާފައެވެ. އަމީނިއްޔާ ސްކޫލުގެ ޓީޗަރުކަން އެކަމަނާ ވަނީ 1990 އިން ފެށިގެން މެދު ކެނޑުމެއްނެތި 25 އަހަރު ފުރުއްވާފައެވެ. އެކަމަނާއަކީ އެތައް ދަރިވަރުންގެ އެދުރެކެވެ. މީގެ އިތުރުން އެކަމަނާއަކީ ސޮސައިޓީފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފައުންޑާ އެއްވެސް މެއެވެ. އެކަމަނާއަކީ ކެއްކުމުގެ މާހިރެއްވެސް މެއެވެ. އަދި ކެއްކުމުގެ ފޮތްތައް ލިޔުއްވައި އެކަމުގެ މައުލޫމާތު ފޯރުކޮށް ދެއްވާފައެވެ.

އެކަމަނާގެ ފިރިކަލުން ޑރ.ޒާހިރު ހުސެއިންއަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ޔޫތު މިނިސްޓަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމާއި، ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި މިހާރުގެ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލާއެވެ.

އެދެބޭފުޅުންގެ ބޭފުޅުންނަށް ތިން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ ލުބުނާ ޒާހިރު ހުސެއިންއާއި، ލީނާ ޒާހިރު ހުސެއިންގެ އިތުރުން ވާއިލް ޒާހިރު ހުސެއިން އެވެ. މަރުހޫމާ ނާއިލާ އިބްރާހިމް ކަލޭފާނުގެ ބައްޕާފުޅަކީ 1950 އިން 1980 އާއި ހަމައަށް ރާއްޖޭގެ އެންމެ މުއްސަދި މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭގެ ފާނެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.