އުތުރު ތިލަފަޅާއި ގުޅޭގޮތުން ޕާޕާ ދެއްވި ވާހަކަ އެމްއެންޑީއެފްއިން ދޮގުކޮށްފި

އުތުރު ތިލަފަޅާއި ގުޅޭގޮތުން ޕާޕާ ދެއްވި ވާހަކަ އެމްއެންޑީއެފްއިން ދޮގުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2021 04:36
0

އުރުތު ތިލަފަޅާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ) ޓީވީ ޕްރޮގުރާމެއްގައި ދެއްކި ވާހަކަ އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ 2021 އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ސީއެންއެމްގެ "އިތުރުކާފު" ނަމަކަށް ކިޔާ ލައިވް ޕްރޮގްރާމްގައި އަޙްމަދު ފަޔާޒް ޢަލީ ރިޒާ ބައިވެރިވެ، އެ ޕްރޮގްރާމްގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއްކަމަށާއި، އަދި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި ވެސް މިބަޔާނުގައި ވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަޙްމަދު ފަޔާޒް ޢަލީ ރިޒާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި  2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއްކަމާއި އަދި 2016 ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަަށެވެ.

އުތުރުތިލަފަޅާއި ގުޅޭގޮތުން އިންޑިޔާ އަސްކަރިއްޔާއި ދިވެހި އަސްކަރިއްޔާއާއި ދެމެދު ވެފައިވާ އެއްބަސްވުން އާންމުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުން އާންމުކޮށްފައިނުވެއެވެ ނަމަވެސް މިއެއްބަސްވުމާއި ގުޅޭގޮތުން ލީކުވި އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ގިނަ ކަންތައްތަކެއް ހުރެގެން އެމްއެންޑީއެފްގެ ޖެނެރަލުން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި ލީކްވި އެއްބަސްވުމަކީ ދޮގު އެއްބަސްވުމެއް ކަމަށް ބުނެފައެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.