ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީ އަށް ބޭނުންވާ ފޮތް ހަދިޔާކޮށްފިއެެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށް ވުރެ ގިނަ ފޮތް ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް އިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ވަނީ ހަދިޔާކޮށްފައެވެ. މި ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފާތިމަތު ރަޝީދު ވިދާޅުވީ އެ ސިޓީގައި 2464 ދަރިވަރުން ދަނީ އެކި ގްރޭޑް ތަކުގައި ކިޔަވަމުން ކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައިވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުން ކަމަށެވެ.
ރަށުގައި ލައިބްރަރީ އެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު މިވަނީ ނުލިބިފައި. އެހެން ކަމުން އަޅުގަނޑުގެ އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުން.
– ފާތިމަތު ރަޝީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮމެންޓު ފޮނުވާ