ޑރ.ޒާހިރު ހުސެއިންގެ އަނބިކަނބަލުނުް ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ޑރ.ޒާހިރު ހުސެއިންގެ އަނބިކަނބަލުނުް ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2021 12:56
0

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލާ ޑރ.ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެއެވެ.

ނާއިލާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އަލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.

ނާއިލާ އިބްރާހިމް ކަލޭފާނަކީ ރާޢްޖޭގެ ތައުލީމީ ހަޔާތުގައި ބޮޑު ހިއްސާއެއް އޮތް ކަނބަލެކެވެ. އެކަމަވާނަި ތައުލީމީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ޤައުމަށް ޚިދުމަތް ކުރައްވާފައެވެ. އަމީނިއްޔާ ސްކޫލުގެ ޓީޗަރުކަން އެކަމަނާ ވަނީ 1990 އިން ފެށިގެން މެދު ކެނޑުމެއްނެތި 25 އަހަރު ފުރުއްވާފައެވެ. އެކަމަނާއަކީ އެތައް ދަރިވަރުންގެ އެދުރެކެވެ. މީގެ އިތުރުން އެކަމަނާއަކީ ސޮސައިޓީފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފައުންޑާ އެއްވެސް މެއެވެ. އެކަމަނާއަކީ ކެއްކުމުގެ މާހިރެއްވެސް މެއެވެ. އަދި ކެއްކުމުގެ ފޮތްތައް ލިޔުއްވައި އެކަމުގެ މައުލޫމާތު ފޯރުކޮށް ދެއްވާފައެވެ.

އެކަމަނާގެ ފިރިކަލުން ޑރ.ޒާހިރު ހުސެއިންއަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ޔޫތު މިނިސްޓަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމާއި، ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި މިހާރުގެ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލާއެވެ.

އެދެބޭފުޅުންގެ ބޭފުޅުންނަށް ތިން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ ލުބުނާ ޒާހިރު ހުސެއިންއާއި، ލީނާ ޒާހިރު ހުސެއިންގެ އިތުރުން ވާއިލް ޒާހިރު ހުސެއިން އެވެ. މަރުހޫމާ ނާއިލާ އިބްރާހިމް ކަލޭފާނުގެ ބައްޕާފުޅަކީ 1950 އިން 1980 އާއި ހަމައަށް ރާއްޖޭގެ އެންމެ މުއްސަދި މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭގެ ފާނެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސެން
ވަރަށް ހިތާމަވެރި ޚަބަރެއް. ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށެވެ.