އައިއޯއައިޖީގައި ކުޅުނު ޓީޓީ މެޗެއްގައި ދީމާ ޕޮއިންޓެއް ހޯދުމަށްފަހު އުފާފާޅު ކުރަނީ | ފޮޓޯ:އެމްއޯސީ

ދުނިޔޭގެ ޓީޓީ ރޭންކިންގެ ގަދަ 10 ގައި ދީމާ ހިމެނިއްޖެ

ދުނިޔޭގެ ޓީޓީ ރޭންކިންގެ ގަދަ 10 ގައި ދީމާ ހިމެނިއްޖެ

ގުޅުންހުރި

ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ކެޓަގަރީން އަށްވަނައިގައި ރާއްޖޭގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީ ހިމެނިއްޖެއެވެ.

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑްރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ އޮތީ އަށް ވަނައިގަ އެވެ. އެ ކެޓަގަރީގެ ރޭންކިންގެ އެއް ވަނަ ހޯދީ މިވާ ހަރިމޯޓާ އެވެ.

އުމުރުން 13 އަހަރުގެ ދީމާ ރޭންކު ކޮށްފައި ވަނީ ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބަައިގަ އެވެ. ދީމާ އަށް ވަނާގައި ރޭންކު ކޮށްފައި ވަނީ 1028 ޕޮއިންޓާއެކުގަ އެވެ. ރޭންކިންގައި ގަދަ 10 އެއްގައި ހިމެނެނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެއީ ދިމާގެ އިތުރުން އިންޑިއާގެ ކުޅުންތެރިއެކެވެ. އިންޑިއާގެ ސުހާނާ އޮތީ ދީމާއަށް އެއް ރޭންކު ކުރީގައި ހަތްވަނައިގައެވެ.

ދީމާގެ ކާމިޔާބަށް ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހުލޫފް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އުމުރުން 13 އަހަރުގެ ދީމާ އެންމެ ބޮޑަށް ވިދާލީ 2019 ވަނަ އަހަރު މޮރިޝަސް ގައި އޮތް އިންޑިއަން އައިލެންޑް ގޭމްސް ގަ އެވެ. އެ މުބާރާތުން ދީމާ ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން އިރު އޭނާ ވަނީ ދެކުނު އޭޝިއާ ހޯޕްސް މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން އޭޝޥިއާ ހޯޕްސް މުބާރާތުގެ ދެވަނަ ހޯދައިގެން ވޯލްޑް ހޯޕްސް މުބާރާތަށް ވެސް ކޮލިފައިވެފަ އެވެ. އަދި، މީގެ އިތުރުން ދީމާ ވަނީ ގައުމީ ޓީޓީ ޗެމްޕިއަންކަން ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *