ކޯވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 11:36
0

ކޯވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނީ ނިޔާވެގެންނެވެ. އެ ހޮސްޕިޓަލަށް ގެންދާ މީހުން، ކޯވިޑަށް ޓެސްޓު ކުރާ އުސޫލުން އެ މީހާވެސް ޓެސްޓު ކުރުމުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާ ނިޔާވީ މިއަދު ހަވީރު 16:20 ހާއިރުކަމަށެވެ. މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 69 ވަނަ މީހާއެވެ. މިއަދު ހެދުނުވެސް ވަނީ ކޯވިޑްގައު ފަރުވާ ދެމުންދިޔަ މީހަކުވެސް ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 69 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ. އެމަހު 10 މީހުންވަނީ ނިޔާވެފައެވެ. އަދި މިދިޔަ ޖެނުއަރީމަހު 9 މީހުން ރާއްޖެއިން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19އަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހު ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ވަނީ 100 އިން ދަށަށް ގޮސްފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ 58 މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.