މިހާތަނަށް ވަގުތީ ނަތީޖާގެ 62 އިންސައްތަ އިއުލާންކޮށްފި

މިހާތަނަށް ވަގުތީ ނަތީޖާގެ 62 އިންސައްތަ އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 10:07
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ މިހާތަނަށް62 އިންސައްތަ އިއުލާން ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިރޭވެސް ވަގުތީ ނަތީޖާގެ ބޮޑު ބައެއް އިއުލާން ކުރެވިގެންދާނެކަމަށެވެ. އިލެކްޝަނުން ވަނީ މިއަދުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކޮށް ނިންމުމަށް އަމާޒު ހިފާފައެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުން ވަގުތީ ނަތީޖާ އެކީ އިއުލާންކޮށް ނިމޭނީ މާދަމާރޭގެ ނިޔަލަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. އިލެކްޝަނުން ބުނެފައިވަނީ ވަގުތީ ނަތީޖާތަކަށްފަހު އިންތިޚާބާއި ގުޅިގެން އާންމު ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވަ ހުރިހާ މައްސަލައެއް ބެލުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށެވެ. އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Aboobakuru
Mifaharu 18 aharu furi alah vote laan jehunu meehunves Emeehun nah egumakaa nulaa vanee vote laandhiya iru ehenthanakah ragistreekoh emeehunge haggu thah athulaafa Adhi merge 5. 6.kurin maruvefathibi meehunves listga himanaafa meeves haqqutho