ރާއްޖޭގެ އިންޓަރނެޓް ރައީސް ޞާލިހު ވައުދުވެ ވަޑައިގެންނެވި ގޮތަށް ފުއްދިފައިވާކަމަށްބުނެ އަލީ ޞާލިހު ވާހަކަ ދައްކަވާފައިވާއިރު، މިފަދަ ވާހަކަ ދައްކަވަން ޖެހޭނީ ތަސައްރަފް ފުދިފައިވާ ހާލުގައި ކަމަށްބުނެ އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
ރާއްޖެ ޓީވީގައި ރޭ އަލީ ޞާލިހު ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އިންޓަރނެޓްގެ އަގުހެޔޮ ކޮށްދީ އެވައުދު ފުއްދިފައިވާކަމަށެވެ. އަލީ ޞާލިހުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ މިއީ ތަރައްޤީ ވެފައިވާ، އަދި ބަވަނަ ދުނިޔެއެއްގައި ދިވެހިންވެސް އުޅެމުންދާ ޒަމާނެއްކަމަށެވެ. އިންޓަރނެޓާއި ގުޅޭގޮތުން ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލަން އުޅޭއިރު، މިފަދަ ވާހަކަ ދައްކަވަން އަރާ ބޭފުޅުންވެސް ތެދު ކަށަވަރުކޮށް ތަސައްރަފު ފުދިފައިވާ މީހުންނަށް ވާންޖެހޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ސަރުކާރު ހަވާލުކުރަނީ ފަސްއެނބުރި މަލާމާތް ކުރާކަށްނޫން. މިހާ ޓިޖިޓަލް ޒަމާނެއްގައި މައުލޫއަށް އިންސާފުކުރަންވީ ތެދު ކަށަވަރު ކުރުމަށްފަހު ތަސައްރަފް ފުދިފައިވާ ހާލުގައި.
– ސައީދު ވިދާޅުވިއެވެ.
ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި އެކު އެކި ގޮތްގޮތަށް ކުރެވޭ ކަންކަމުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށެވެ. މިގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ބަޔަަކަށް، މިއަދު އެ އަގަށް 180 ޖީބީ ލިބޭކަމަށްވެސް ވިދާޅުވިއެވެ.
އިންޓަނެޓްގެ ޚިދުމަތަކީ ސީދާ ސަރުކާރުން ދޭ ޚިދުމަތަކަށް ނުވާއިރު، މި ޚިދުމަތުގެ އަގު ކޮންޓްރޯލްކޮށް ކުޑަކުރުމަށް އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރަމުންދަނީ އިންޓަނެޓްގެ އަގާއި އަދި އިންޓަނެޓުން އިތުރު މަންފާތަކާއި ނަފާތަކެއް ލިބޭނީ ކޮން ގޮތަކަށްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި މި މަސައްކަތް އެއްވެސްއިރަކު ހުއްޓާނުލާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ