ސީޕީގެ އަނބިކަނބަލުން ނަޒީހާވެސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ސީޕީގެ އަނބިކަނބަލުން ނަޒީހާވެސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2021 08:40
0

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަނބިކަނބަލުން ވެސް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ސީޕީ ކޯވިޑަށް ޓެސްޓް ކުރެއްވީ ރޯގާގެ އަލާމާތްތައް ހުރުމުގެ ސަބަބުން މިއަދުއެވެ. ނަޒީހާ ވެސް ކޯވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ މިއަދުއެވެ. ނަމަވެސް އެދެބޭފުޅުންގެ އެއްވެސް ބޭފުޅަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ނުވެއެވެ. މިއަދު ނަޒީހާގެ ދައްތަ އަދި ފަސްޓްލޭޑި މެޑަމް ފަޒުނާވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެ ދެކަނބަލުންގެ އެއްވެސް ބޭފުޅަކު ކޯވިޑަށް ޕޮޒިޓިވެއް ނޫންކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. ސީޕީ ޙަމީދު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދަވަނަ ޑޮޒް ނަންގަވާފައިވަނިކޮށެވެ. ކޯވިޑްގެ ވެކްސިން ސީޕީ ހަމީދު ނަންގަވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ސީޕީ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ8 ވަނަ ދުވަހު ޗައިނާގެ ސަފީރާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އިންތިޚާބުގެ ކުރިން ފުލުހުންނާއިވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ސީޕީ ހަމީދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓިންގައި މިހާރު ހުންނެވިކަމަށެވެ. ސީޕީ ކޯވިޑަށް ޕޮޒިޓިވްވެފަައިމިވަނީ ކޯވިޑް-19 ދިފާޢުގެ ކޮވިޝީޫލްޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ނަންގަވާފައިވަނިކޮށެވެ. ދެވަނަ ޑޯޒް ނަންގަވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ސީޕީ ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އޮންލައިންކޮށްކަމަށެވެ. ޙަމީދު ވަނީ އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ 7 މެންބަރުންނަށް މަރުހަބާ ދަންނަވާ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެ ޖަވާބުދާރި ކުރުވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޕ ޕީސީ... ސީސީޕީ
މިދެންކިހާވަރުގަދަކަމެއް... މިއީ ފަހެ ޚަދީޖާ ރެހެނދި ބާ... !!! ނޫނީ ރީތީގެ ރާނީއެއްބާ!!