މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2021 08:06
0

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޯވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޯވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. ރައީސުލްޖުމްހޫރިޔާ ވަނީ ދާއިދަހުން ކޯވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ. ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެކަނމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ހަމީދު ޕޮޒިޓިވްވެފައިވާއިރު އޭނާވަނީ ކޯވިޑް ވެކްސިންގެ ދެޑޯޒްވެސް ފުރިހަމަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.