ޝާހު ކަރަންޓީންވާން ޖެހުމުން ޕަތަންގެ ޝޫޓިންގ ހުއްޓިފައި

ޝާހު ކަރަންޓީންވާން ޖެހުމުން ޕަތަންގެ ޝޫޓިންގ ހުއްޓިފައި

Author
ފާތިމަތު ނާވީ
15 އޭޕްރިލް 2021 06:05
0

ޝާހްރުކް ޚާން ކަރަންޓީނު ވުމާ ގުޅިގެން ހިންދީ ފިލްމު "ޕަތަން"ގެ ޝޫޓިންވަނީ މެދުކަނޑާލަން ޖެހިފައެވެ. ޝާހްރުކް ކަރަންޓީންވެފައިވަނީ އެ ފިލްމުގެ ކުރޫއިންގެ ތެރެއިން ބައެއް މެންބަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މީ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ފިލްމެކެވެ. މި ފިލްމުގައި ޝާހްރުކްގެ އިތުރުން ދީޕިކާ ޕަަޑުކޯން އަދި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ.

ކޯވިޑް19ގެ ކޭސްތަށް އިންޑިއާގައި އިތުރުވަމުންދާތީ ފިލްމުތަކުގެ ޝޫޓިން ޝެޑިއުލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އަދި ބައެއް ފިލްމުތަށް ވަނީ މެދުކަނޑާލާފަ އެވެ.

މިގެ ކުރިންވެސް "ޕަތަން"ގެ ޝޫޓިންވަނީ އެކި އެކި ސަބަބު ތަކާއި ހުރެ ހުއްޓާލާފަ އެވެ. ނަމަވެސް ފިލްމުގެ ބޮޑުބައި ވަނީ ދުބާއީގައި ޝޫޓްކޮށް ނިންމާފަ އެވެ. ކުރޫގެ މެމްބަރުން ޕޮޒިޓިވް ވެފައިމިވަނީ ދުބާއި ގެ ޝޫޓިން ނިންމާލުމަށްފަހު މުމްބާއިީގެ ޝޫޓިންގް ކުރިއަށް ގެންދަނިކޮށެެވެ.

އިންޑިއާގެ ފިލްމީ ދާއިރާއަށް ބަލާއިރު ގިނަ އަދަދެއްގެ، ބޮޑެތި ފަންނާނުން މިހާތަނަށް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރް، ރަންބީރް ކަޕޫރް، އާމިރް ޚާން އަދި އާލިއާ ބަޓް ފަދަ ތަރިންނަކީ ފާއިތުވި މަހެއްހާދުވަހުގެ ތެރޭގައި މި ބަލި ޖެހުނު މަޝްހޫރު ފަންނާނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.