ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަކުރި މައްސަލައެއްގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 01:09
0

ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ ހޯދަން އިލުން ކޮށްފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށެވެ.

ތަހުގީގަށް ހާޒިރުކުރަނީ ތ. ތިމަރަފުށީ އަތިރީގޭ މީހެއް ކަމަށްވާ ހަސަން ނިޒާރެވެ. އުމުރުން 59 އަހަރުގެ މި މީހާ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ހެނދުނު 10:00 އަށެވެ.

ފުލުހުން މި މީހާގެ މައުލޫމާތު ހާމަކުރީ އެ މީހާ އުޅޭ ތަނެއް ނޭނގޭތީ ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ރައްދު ނުކުރެވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.