ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން، މުދާ އުފުލާ ބޯޓެއް ދިޔަވެ، އަޑިއަށް ދާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 'ޖަޒީރާ Q-10′ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކުން ކަމަށެވެ. އަދި ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދާތައް އޮޔާ ދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް ދަނީ ދަތުރު ކުރަމުންނެވެ.
ނަމަވެސް، ބޯޓުގައި ހުރީ ކިހާ މުދަލެއް ކަމާއި، އެއިން ދަތުރުކުރި މީހުންގެ އަދަދު އަދި ސާފުވެފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ…
ކޮމެންޓު ފޮނުވާ