ނިކުތީ ތިންބަލިކުރަން، އެކަމު ފަސޭހަކަމާއެކު "ބޮނދު ބުޑަށް ކީ ސައި": ނަވާޒް

ނިކުތީ ތިންބަލިކުރަން، އެކަމު ފަސޭހަކަމާއެކު "ބޮނދު ބުޑަށް ކީ ސައި": ނަވާޒް

Author
މުޙައްމަދު ޖިމީ
14 އޭޕްރިލް 2021 11:26
0

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ނިކުތީ އިދިކޮޅު ތިން ބަލިން ބަލިކުރަންކަމަށާއި، ނަމަވެސް ފަސޭހަކަމާއެކު "ބޮނދު ބުޑަށް ކީ ސައި"ކަމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށް ޖެހިގެން އައި2019 ވަނަ އަހަރު މަޖިލިސް އިންތިޚާބު އެމްޑީޕީން ވަނީ ބޮޑު އަޣްލަބިއްޔަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން މަޖިލީހުގެ87 ގޮނޑީގެ ތެރެއިން65 ގޮނޑި ނަގާ ސުޕަ މެޖޯރިޓީ އެމްޑީޕީން ނެގިއެވެ. މިއީ މަޖިލީހުގެ%75 ގޮނޑިއެވެ.

މިއާއެކު މިފަހަރުގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީން ނިކުތީ އިދިކޮޅު ޕީޕީއެމް ތިން ވަނަ އިންތިޚާބެއްގައި ބަލިކުރުމަށެވެ. އެގޮތުން ތިންބަލިން ވާދަވެރި ފަރާތްތައް ބަލިކުރާނެކަމަށް ސަރުކާރުގެ އިސް ބޭފުޅުްނނާއި އެމްޑީޕީން ދިޔައީ ބުނަމުންނެވެ. ނަމަވެސް ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީން ސުޕަ މެޖޯރިޓީ ނަގަމުން އައި ބައެއް ސަރަހައްދުތައް ވަނީ ނާކާމިޔާބުވެފައެވެ.

އެކަމަށް އިޝަރާތްކުރައްވާ ނަވާޒް ވިދާޅުވީ އެމްޑިޕީން ނިކުތީ އިދިކޮޅު ތިން ބަލިން ބަލިކުރުމަށްކަމަށެވެ. ނަމަވެސް އެކަން ނުވިކަމަށާއި، ފަސޭހަކަމާއެކު "ބޮނދު ބުޑަށް ސައި"ކީކަމަށް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީތަކުގެ އިންތިޚާބުގެ 75 އިންސައްތަ ގޮޑު ކާމިޔާބު ކުރާނެކަމަށް ރައީސް ޞާލިހުއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އިންތިޚާބަކީ ވެރިކަމުގައި އޮވެ އެމްޑީޕީއަށް މިހާތަނަށް އެންމެބޮޑު ނާކާމިޔާބީ ކުރިމަތިވި އިންތިޚާބެވެ. އަދި ޚާއްސަކޮށް މާލެ ސިޓީގެ ސުޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. މިއިންތިޚާބުގައި ރައީސް ނަޝީދަށް ގަބޫލުގުފުޅު ކުރައްވަން އެންމެ އުދަގޫވި ނަތީޖާއަކީ އެމަނިކުފާނުގެ އަމިއްލަ ދާއިރާއިން ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވައި އެއްވެސް ކެމްޕެއިނެއް ކުރުމެއްނެތި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ.

މާލެ ސިޓީގެ އެމްޑީޕީގެ 14 މެމްބަރުން ތިއްބަވާއިރު، މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގައި ތިއްބެވި އެމްޑީޕީ މެމްބަރުންނަށް އަމިއްލަ ދާއިރާއިން 1،000 ވޯޓުވެސް މިހާރު ލިބިވަޑައި ނުގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

: :::އަހަރެން
ބޮނދު ބުޑަށް ކީވސް އަހު ސައި
X
ބޮނދު ބުޑަށް ކީވސް އަހު ސައި