އެހާލަދުވެތި ގޮތަކަށް ބަލިނުވިނަމަ މިހުރިހާ ސަކަރާތެއް ނުޖެހީސް: ނަވާޒު

އެހާލަދުވެތި ގޮތަކަށް ބަލިނުވިނަމަ މިހުރިހާ ސަކަރާތެއް ނުޖެހީސް: ނަވާޒު

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 09:32
0

މިދިޔަ ގޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެހާލަދޔވެތި ގޮތަކަށް ބަލިނުވިނަމަ މިއަދު މިހުރިހާ ސަކަރާތެއް ނުޖަހާނެ ކަމުގައި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

ނަވާޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާއާއިމެދު ސުވާލު އުފައްދައި، ސަރުކާރު ހިންގާ މައިޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ވާހަތަކުންނާއި، އަދި މިއަދު އިލެކްޝަންގެ މައި އިދާރާގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައެވެ. ބައެއް ފޮށިތަކުގެ ނަތީޖާ ކަށަވަރު ކުރުމަށް އިލެކްޝަނުން މަސައްކަތް ކުރަމުން ދަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެސަރަހައްދަށް ވަޑައިގެން އިންތިޚާބީ މަރުކަޒަށް ވަނުމަށް މަސައަކްތް ކުރައްވާފައެވެ.

ނަމަވެސް ފުލުހުންވެސް އަދި އިލެކްޝަނުންވެސް ނަޝީދަށް އިލެކްޝަންގެ އިދާރާގެ ތެރެއަށް ވަނުމަށް ފުރުސަތު ދީފައި ނުވެއެވެ. ފުލުހުން ވަނީ ނަޝީދު އެސަރަހައްދުން ނެރެދެއްވައި ކާރުކޮޅާއި ހަމައަށް ގެންގޮސް އެސަރަހައްދުން ފޮނުވާލާފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ނަވާޒު ވިދާޅުވީ މިއަދު މިފެނިގެންދާ ހުރިރާ ސަކަރާތެއް ޖަހަމުން މިދަނީ އެހާ ލަދުވެތި ގޮތަކަށް އިންތިޚާބުން ބަލިވުުމުންކަމަށެވެ.

މިހުރިހާ ސަކަރާތެއް ނުޖެހީސް އިންތިޚާބުން އެހާލަދުވެތި ގޮތަކަށް ބަލިނުވިނަމަ. ބަލީވީމާ ވާގޮތް މިފެންނަނަނީ.

– ނަވާޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީތަކުގެ އިންތިޚާބުގެ 75 އިންސައްތަ ގޮޑު ކާމިޔާބު ކުރާނެކަމަށް ރައީސް ޞާލިހުއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އިންތިޚާބަކީ ވެރިކަމުގައި އޮވެ އެމްޑީޕީއަށް މިހާތަނަށް އެންމެބޮޑު ނާކާމިޔާބީ ކުރިމަތިވި އިންތިޚާބެވެ. އަދި ޚާއްސަކޮށް މާލެ ސިޓީގެ ސުޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. މިއިންތިޚާބުގައި ރައީސް ނަޝީދަށް ގަބޫލުގުފުޅު ކުރައްވަން އެންމެ އުދަގޫވި ނަތީޖާއަކީ އެމަނިކުފާނުގެ އަމިއްލަ ދާއިރާއިން ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވައި އެއްވެސް ކެމްޕެއިނެއް ކުރުމެއްނެތި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ.

މާލެ ސިޓީގެ އެމްޑީޕީގެ 14 މެމްބަރުން ތިއްބަވާއިރު، މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގައި ތިއްބެވި އެމްޑީޕީ މެމްބަރުންނަށް އަމިއްލަ ދާއިރާއިން 1،000 ވޯޓުވެސް މިހާރު ލިބިވަޑައި ނުގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޚަބަރު
ހޭބަލިވިޔަސް ތިވަރު ދެން ބޮޑު. މައްޗަންގޮޅި މެދުދާއިރާއިން ހޮވުނީ ޒަމީރުކަން ނޭނގުނީކީނޫނެވެ. އަންނި އާއި ޖައްސާލައިގެން ހުރި ވަރު ބޮޑީއެއެވެ.