ޗައިނާއިން މުއިއްޒުއަށް މަރުހަބާ ކިޔައިފި

ޗައިނާއިން މުއިއްޒުއަށް މަރުހަބާ ކިޔައިފި

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2021 09:08
0

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ އަދި ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކުގެ އެންމެބޮޑު ހިއްސާ އަދާކުރެއްވި ޗައިނާއިން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވަނީ މުއިއްޒުއަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީންގެ ޓްވީޓުގައި ބުނެފައިވެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން ދާދިފަހުން އޭނާ ވަނީ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ. ސަފީރަކު ނެތް ހާލަތެއްގައި އެމްބަސީތައް ހިންގާނީ އެ އެމްބަސީގެ ޝާޖެޑެ އެފެއާޒެވެ.

ރައީސް ޔާމީންގ ވެރިކަމުގައި ރާއްޖޭގެ ހިންގެވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އެންމެ ބޮޑު ހިއްސާއެއްއޮތް ޗައިނާއިން މުއިއްޒުއަށް މަރުހަބާ ކިޔާފައިވާއިރު، ޗައިނާއާއި ގުޅިގެން ނިމިދިޔަ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫޢުތަކެއްގެ އެންމެ އިސް މޭސްތިރިއަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު އެވެ. މުއިއްޒު ވަނީ މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުމަށް ވައުދު ވެޑައިގެންފައެވެ. އަދި ޚާއްސަކޮށް ހައުސިންގެ މައްސަލަ ހައްލުކޮށް ދެއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.